އިންޓެގްރިޓީ ކޮމިޝަނަށް 4 ބޭފުޅަކު ޢައްޔަންކޮށްފި

މުހައްމަދު ޖަމްޝަތު | 35 ދުވަސް ކުރިން - 26 އޮކްޓޯބަރު 2025 22:48
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން---
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން---
ޚުލާސާ

އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުންނާއި ކަސްޓަމްސް ފަދަ މުއައްސަސާތަކާ ގުޅޭ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވާ ކޮމިޝަނެއް

ރައީސުލްޖުމްހޫރިއްޔާ ޑr. މުހައްމަދު މުއިއްޒު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ހަތަރު މެންބަރެއްގެ ދައުރު މިއަދު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އޮގަސްޓު 20ގަ އެވެ. އެ މުއްދަތު މިދިޔަ މަހު ހަތަކަށް ވަނީ ހަމަވެފަ އެވެ.

އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ:

  1. ދަފްތަރު. ނަންބަރު ރސ 1188، ޝުއައިބު އަބްދުއްރަހްމާނާއި،
  2. ދަފްތަރު. ނަންބަރު ރސ 12854، ޝިފާޒު އަލީ
  3. ދަފްތަރު. ނަންބަރު ރސ 1851، އަލީ މުހައްމަދު މަނިކު
  4. ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.

މި ކޮމިޝަން އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%