ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މުހައްމަދު ޖަމްޝަތު | 2 ގަޑިއިރު ކުރިން - 20 އޯގަސްޓް 2025 14:58
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---
ޚުލާސާ

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ ސެޕްޓެމްބަރުގެ 7 ވަނަ ދުވަހުގެ ނިޔަލަށް

ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ހުސްވެފައިވާ ގޮނޑިއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މެމްބަރުން އައްޔަނުކުރުމަށް އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރަކު އިސްތިއުފާދީފައިވާތީ އެ ކޮމިޝަނުން މެމްބަރެއްގެ މަގާމު ވަނީ ހުސްވެފަ އެވެ. އެހެންވެ އެކޮމިޝަންގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަނުކުރުމަށް އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ހުޅުވާލައިފަ އެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 7 ސެޕްޓެމްބަރު 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެމްބަރުން އައްޔަނުކުރަން ހުޅުވައިލީ އެ ކޮމިޝަނުގެ މެމްބަރުންގެ ދައުރު ހަމަވާތީ އެވެ. އެ ކޮމިޝަނުގައި ހަތަރު ތިއްބަވަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލައިފައިވަނީ 7 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%