އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އާނާ ފަހީމް | 356 ދުވަސް ކުރިން - 9 ޑިސެންބަރު 2024 16:28
ޚުލާސާ

އެންއައިސީގެ މެންބަރުކަމަށް މަރްޔަމް އިންޝާ ފައިޞަލް އައްޔަންކުރުމަށް މަޖިލީހުން 58 މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފި.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް އަލްއުސްތާޛާ މަރްޔަމް އިންޝާ ފައިޞަލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުން އިންޝާ އައްޔަންކުރުމަށް ވަނީ ފާސްކޮށްފައެވެ.

އިންޝާއަކީ ޤާނޫނީ ދާއިރާއިން ޑިގްރީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގައި ވެސް މަސައްކަތްކުރައްވާފައެވެ. އަދި 2015 ވަނަ އަހަރު އެންއައިސީ އުފެދުމާއެކު، އެ ކޮމިޝަނުގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ. މިހާރު އިންޝާ ދަނީ މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވަމުންނެވެ.

އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވަނީ އެ ކޮމިޝަންގެ މެންބަރު އަޙްމަދު ޖިހާދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އެންއައިސީގައި ޖުމްލަ 5 މެންބަރުން ތިއްބަވައެވެ.

އެންއައިސީއަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ޤަވާޢިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ މިނިވަން މުއައްސަސާއެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%