މި މަހުގެ 24 ވަނަ ދުވަހު ގެއްލިގެން ހޯދަން އިއުލާންކުރި ނޭޕާލުގެ ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި، ޕޫރްނީމާ ގަޖްމާ މިއަދުގެ ވަގުތެއްގައި ފެނިފައިވާ ކަމަށާއި އަދި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޕޫރްނިމާ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ފުލުހުންނަށް ހުށަހެޅީ ބުރާސްފަތި ދުވަހުގައެވެ. އޭނާ ހޯދަން އިއުލާނުކުރީ ހުކުރު ދުވަހު އެވެ.
އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.









