Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް: ފަސްޓު ލޭޑީ ސާޖިދާ

ގައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް: ފަސްޓު ލޭޑީ ސާޖިދާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
228 ދުވަސް ކުރިން - 26 އޮކްޓޫބަރު 2025 11:21
ފަސްޓު ލޭޑީ ސާޖިދާ. އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ގައުމެއްގެ ކުރިމަގު ބިނާކުރުމަށް ކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި--- ފޮޓޯ: ރައީސް އޮފީސް
ފަސްޓު ލޭޑީ ސާޖިދާ. އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ގައުމެއްގެ ކުރިމަގު ބިނާކުރުމަށް ކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ރަސްމިއްޔާތުގައި ކްލިކް ކޮލެޖްގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި

ގައުމު ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފަސްޓު ލޭޑީ ސާޖިދާ މި މޭރުމުން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް، ރޭގައި މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، ގައުމެއް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ، އެ ގައުމެއްގެ ރައްޔިތުންގެ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުމުގެ ގާބިލުކަން ލިބިދިނުން ކަމަށެވެ.

އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ގައުމެއްގެ ކުރިމަގު ބިނާކުރުމަށް ކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

އަހުލާގު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަގުބަލެއް ހާސިލުކުރުމަށާއި، ގައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށާއި، އަދި އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި ޔަގީންކުރެވިގެން ދާނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ތާރީހުގައި އަމިއްލަ އެކި ފަރާތްތަކުގެ އިސްނެގުމާއި ހިދުމަތް، މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވަމުން ފަސްޓު ލޭޑީ ސާޖިދާ ވިދާޅުވީ، ގައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ. ދިވެހީންގެ ބަހާއި ސަގާފަތާއި އާދަކާދަތަކަށް ކަމޭހިތާ، ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި އަދި ނަޒާހަތްތެރި ޖީލެއް ބިނާވެގެން އައުމަކީ އުއްމީދެއް ކަމަށް އެކަމަނާ ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

މެޑަމް ސާޖިދާ މުހައްމަދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

33 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

37 ދުވަސް ކުރިން - 15:25

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

39 ދުވަސް ކުރިން - 16:02

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

46 ދުވަސް ކުރިން - 00:52

ދިވެހިންނަކީ ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ: މެޑަމް ސާޖިދާ

“ދިވެހިންނަކީ ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ”

49 ދުވަސް ކުރިން - 08:25

ރަސްދޫގެ ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް!

ރަސްދޫގެ ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް ރައީސް އެރަށަށް!

53 ދުވަސް ކުރިން - 19:02