Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކްރިމިނަލް ރެކޯޑް އޮންނަ ލަންކާގެ އިދިކޮޅު ސިޔާސީ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ކްރިމިނަލް ރެކޯޑް އޮންނަ ލަންކާގެ އިދިކޮޅު ސިޔާސީ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ޢަބްދުﷲ ޖުނައިދު
319 ދުވަސް ކުރިން - 25 އޮކްޓޫބަރު 2025 16:27
ވެލިގަމަ ކައުންސިލްގެ ޗެއާމަން ލަސަންތާ ވިކްރަމަސެކާރާ، 38
ވެލިގަމަ ކައުންސިލްގެ ޗެއާމަން ލަސަންތާ ވިކްރަމަސެކާރާ، 38
ޚުލާސާ

ލަންކާގެ އިދިކޮޅު ސިޔާސީ ފަރާތެއް އަދި ޑްރަގް ނެޓްވޯކުގައި ހިމެނޭ ކަމަށް ތުހުމަތުކުރާ ވެލިގަމަ ކައުންސިލްގެ ޗެއާމަން ލަސަންތާ ވިކްރަމަސެކާރާގެ ގަޔަށް ބައްދަލުވުމުގައި ހުއްޓާ ބަޑިޖަހައި މަރާލައިފި.

އަވަށްޓެރި ލަންކާގެ އިދިކޮޅު ސިޔާސީ ބޭފުޅެއް ކަމަށްވާ ވެލިގަމަ ކައުންސިލްގެ ޗެއާމަން ލަސަންތާ ވިކްރަމަސެކާރާ، 38، ގެ އޮފީހަށް ވަދެ އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ. ކޮލަމްބޯގެ ދެކުނުން ގާތްގަނޑަކަށް 150 ކިލޯމީޓަރު ދުރުގައި އޮންނަ ވެލިގަމާގައި މި ހާދިސާ ހިނގީ ބުދަ ދުވަހުގައެވެ. ލަސަންތާ މަރައިލީ ކައުންސިލްގެ ބައްދަލުވުމެއްގައި ހުއްޓާ އެތަނަށް ބަޑި ހިފައިގެން މީހަކު ވަދެ ކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ދުނިޔޭގެ ބައެއް ކްރިމިނަލް ގޭންގުތަކާއި ގުޅުން އޮންނަ ކަމަށް ލަންކާގެ ސަރުކާރުން ތުހުމަތުކުރާ ވިކްރަމަސެކާރާ ވަނީ ހުސްވި މަހުގެ ހަވަނަ ދުވަހު ލަންކާގެ ޕޮލިހަށް ސިޓީ އެއް ފޮނުވައި އޭނާ އަށް ޙަމަލާ ދިނުމަށް ގޭންގެއްގެ ބަޔަކު މަސައްކަތްކުރާ ކަމަށް ބުނެ ސެކިއުރިޓީ އަށް ވެސް އެދިފައެވެ.

އިދިކޮޅު ސަމާގީ ޖަނާ ބަލަވޭގަޔާ ޕާޓީ ތަމްސީލު ކުރެއްވި އަދި ލޯކަލް ކައުންސިލްގެ ޗެއާމަންގެ މަޤާމު ވެސް އަދާކުރެއްވި ވިކްރަމަސެކާރާގެ ގަޔަށް ބަޑިޖަހައި މަރައިލި މީހާ ވަނީ ސައިކަލެއްގައި ގޮސް ފިލާފައެވެ.

Advertisement

Advertisement 1

ޙާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރުނުވާއިރު ވިކްރަމަސެކަރާ އާއި ދެކޮޅަށް ލަންކާގެ ކޯޓަކަށް ވަނީ ހަމައްސަލައެއް ހުށަހަޅާފައެވެ. އޭނާގެ ޖިނާޢި ކުށްތަކުގެ ރެކޯޑް ހުރިއިރު މީގެ ކުރިން ޖަލު ޙުކުމެއް ވެސް އޭނާ ތަންފީޛު ކުރައްވާފައި ވެއެވެ. ބައެއް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އޭނާ މަރައިލީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންނެވެ. ނަމަވެސް މިކަމުގެ ހެއްކެއް ފެންނާކަށް އަދި ނެތެވެ. ލަންކާ ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ އަކީ ސިޔާސީ މީހަސް، ލަންކާގެ ޑްރަގު ނެޓްވޯކުގައި ހިމެނޭ އަދި ހަތިޔާރު ވެސް ގެންގުޅޭ މީހެކެވެ.

މިއީ ފަހަކަށް އައިސް ހައި ޕްރޮފައިލް ސިޔާސީ މީހެއް ލަންކާގައި މަރައިލި ފުރަތަމަ ފަހަރެވެ.

ލަންކާ އަކީ ކުރިއާއި އަޅަބަލާއިރު މިހާރު ވަރަށް އަމާން ތަނެކެވެ. ކުރީގެ ރައީސް މަހިންދަރާޖަ ޕަކްސާ ވަނީ އެ ޤައުމުގައި މިހާތަނަށް އުފެދުނު އެންމެ ނުރައްކާތެރި ގޭންގު ލީޑަރު ކަމަށްވާ ލިބަރޭޝަން ޓައިގަރސް އޮފް ތަމިލް އީލާމް (އެލްޓީޓީއީ)ގެ ލީޑަރު ވަލުޕިއްލައި ޕްރަބާކަރަން މަރާލާފައެވެ. ޕްރަބާކަރަން އަކީ ތަމަޅަ ޓައިގަރު ގްރޫޕުގެ ރައީސެވެ. 2009 ގައި އޭނާ މަރައިލިފަހުން މިހާރަކަށް އައިސް ލަންކާގައި ބޮންގޮއްވުމުގެ ޙާދިސާތައް ވެސް ނުހިނގާ ކަން ފާހަގަ ކުރެވެއެވެ. ޕްރަބާކަރަން މަރައިލި މައްސަލަ އާއި ގުޅިގެން އޭރު އިންޑިއާ އާއި ލަންކާ އާއި ދެމެދު މައްސަލަ ވެސް ވަރަށް ބޮޑަށް ގޯސްވިއެވެ. އޢނާ މަރައިލީ ވައިގެ މަގުން ގިނަ ޢަދަދަކަށް ބޮން އަޅައި މުޅި ޖެފްނާ ފުނޑާލާފައެވެ. އެ ޙަމަލާތަކުގައި މަރުވި މީހުންގެ ސީދާ ޢަދަދެއް އެނގޭ ބަޔަކު ވެސް ނެތެވެ.

ލަންކާގައި މިހާރު ކުށްކުރަމުން ދަނީ މަސްތުވާތަކެތި ވިއްކާ ނެޓްވޯކްތަކުން ކަމަށް އެ ޤައުމުގެ ޚަބަރުތައް ބުނެއެވެ. މި އަހަރުގެ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށް 22 މީހެއްގެ ގަޔަށް އެޤައުމުގައި ބަޑި ޖަހައި މަރާލާފައިވެއެވެ. މިއީ މުޅިންވެސް ޑްރަގާއި ގުޅުން ހުރި މައްސަލަތައް ކަމަށް ތުހުމަތު ކުރެވެއެވެ.

ކުށްކުރުންމަރުސްރީ ލަންކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

8 ދުވަސް ކުރިން - 16:10

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

8 ދުވަސް ކުރިން - 14:44

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

8 ދުވަސް ކުރިން - 13:32