Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް އިންފަންޓީނޯއާއެކު މަޝްވަރާ ކުރެވުނު: ރައީސް

ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް އިންފަންޓީނޯއާއެކު މަޝްވަރާ ކުރެވުނު: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
223 ދުވަސް ކުރިން - 25 އޮކްޓޫބަރު 2025 12:49
ރައީސް ޑރ. މުއިއްޒު އަދި ފީފާގެ ރައީސް އިންފަންޓީނޯ. ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވޭ--- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު އަދި ފީފާގެ ރައީސް އިންފަންޓީނޯ. ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވޭ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ފުޓުބޯޅައަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އަދި ދިވެހިން އެއްބައިވަންތަކޮށްދޭ ކުޅިވަރުކަމަށް

ދިވެހިރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއެކު މަޝްވަރާ ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މި މޭރުމުން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ފީފާގެ ރައީސް އިންފަންޓީނޯއަށް ރާއްޖޭގައި މެހެމާންދާރީ އަދާކުރުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. މީގެ އިތުރުނ، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ފީފާއިން ވަމުންދާ އެހީތެރިކަމަށްވެސް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.

Advertisement

Advertisement 1

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއެކު ފީފާގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ފުޓުބޯޅައަކީ ރާއްޖޭގައި އެންމެ މަގުބޫލު ކުޅިވަރުގެ އިތުރުން، ދިވެހިން ގުޅުވައިދޭ ކުޅިވަރެއް ކަމަށްވެސް އެމަނިކުފާނު ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ޑރ. މުއިއްޒުއާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މި ބައްދަލުވުމުގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތާރިގު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ފީފާއެފްއޭއެމްރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

6 ގަޑިއިރު ކުރިން - 02:59

އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލުގެ ގޮނޑިއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ކާމިޔާބުވެއްޖެ

އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބުވެއްޖެ

1 ދުވަސް ކުރިން - 21:58

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

2 ދުވަސް ކުރިން - 07:30

ސަރުކާރުން މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

2 ދުވަސް ކުރިން - 20:42

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

2 ދުވަސް ކުރިން - 20:30

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

2 ދުވަސް ކުރިން - 15:33