ނޭޕާލް އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ އޭނާ ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމާ (19އ) އެވެ. އޭނާ ހޯދަމުންދަނީ މިދިޔަ އަންގާރަ ދުވަހުގެ 2:00 ހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް އިއްޔެ އިރުއޮއްސި 06:56 ހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށް، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށެވެ.
އެހެންކަމުން ޕޫރްނީމާ ގަޖްމާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.









