Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފީފާގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ބައްދަލުކުރައްވައިފި

ފީފާގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ބައްދަލުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
318 ދުވަސް ކުރިން - 24 އޮކްޓޫބަރު 2025 18:33
ރައީސުލްޖުމްރިއްޔާ އަދި ފީފާގެ ރައީސްގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްރިއްޔާ އަދި ފީފާގެ ރައީސްގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބައްދަލުވުމުގައި ރާއްޖޭގައި ފުޓްބޯޅައިގެ ދާއިރާ ކުރިއެރުވުމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވޭ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު ފަހު ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ފީފާގެ ރައީސް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީތީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފަ އެވެ. މިއީ ފީފާގެ ރައީސަކު 19 އަހަރަށްފަހު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުޓުބޯޅައަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރުކަމަށާއި، ފުޓުބޯޅައަކީ ރާއްޖޭގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ ބާރެއްކަން ފާހަގަކުރެއްވި އެވެ. އަދި މި އަހަރުގެ ތެރޭގައި ކުޅިވަރު ކުޅޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ރާއްވަވާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ އިޝްތިހާރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

Advertisement

Advertisement 1

އިންފަންޓީނޯ ދެއްކެވި ވާހަކަފުޅުގައި، ފަހަކަށް އައިސް ރާއްޖޭގެ ފުޓުބޯޅައަށް ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވައި، އެކަންކަމުން އަރައިގަތުމަށް ހާސިލްކުރެވެމުންދާ ކުރިއެރުމާ މެދު ހިތްހަމަޖެހުން ފާޅުކުރެއްވި އެވެ. އިންފަންޓީނޯ ވަނީ އެފްއޭއެމްގެ އާ ލީޑާޝިޕްގެ މަސައްކަތަށް ތައުރީފު ކުރައްވައި ފީފާގެ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި، ޒުވާން ހުނަރުވެރި ކުޅުންތެރިން ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އިންފަންޓީނޯ ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން، ފުޓްބޯޅައިގެ ރޮނގުން ވެސް ދިވެހިރާއްޖެއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެފަރާތުންވެސް ވަނީ ރާއްޖޭގައި ފުޓްބޯޅައިގެ ދާއިރާ ކުރިއެރުވުމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ޓީމަކާއި ފީފާގެ ޓީމެއް ގަލޮޅު ދަނޑުގައި ހަވީރު ވަނީ މެޗެއް ކުޅެފަ އެވެ. މި މެޗު ފީފާގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-6 ނަތީޖާއިންނެވެ. މި މެޗުގައި ރައީސް ޑރ. މުޢިއްޒު އާއި ދައުލަތުގެ އިސްވެރިންނާއި، ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑުން ވެސް ބައިވެރިވެފައިވެ އެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންފަންޓީނޯ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ އައިޓަމްތަކެވެސް ވަނީ ހުށަހަޅާދީފަ އެވެ. އިންފަންޓީނޯ ރާއްޖެ އަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވާ މިރޭގެ ވަގުތެއްގައި ފުރައިވަޑައިގަންނަވާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޖިއާނީ އިންފަންޓީނޯރައީސުލްޖުމްހޫރިއްޔާގެ އޮފީސްއެފްއޭއެމްފީފާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

5 ގަޑިއިރު ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

17 ގަޑިއިރު ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

18 ގަޑިއިރު ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

21 ގަޑިއިރު ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

21 ގަޑިއިރު ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

21 ގަޑިއިރު ކުރިން - 16:05