Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް މުޢިއްޒު އާއި އިންފަންޓީނޯގެ ތާރީހީ މެޗު ގަލޮޅު ދަނޑުގައި ކުޅެފި

ރައީސް މުޢިއްޒު އާއި އިންފަންޓީނޯގެ ތާރީހީ މެޗު ގަލޮޅު ދަނޑުގައި ކުޅެފި

އައިޝަތު އީމާން
274 ދުވަސް ކުރިން - 24 އޮކްޓޫބަރު 2025 17:49
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދު ފީފާގެ ރައީސް އިންފަންޓީނޯ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދު ފީފާގެ ރައީސް އިންފަންޓީނޯ.
ޚުލާސާ

މި މެޗު ފީފާގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-6 ގެ ނަތީޖާއިންނެވެ. މި މެޗުގައި އިންފަންޓީނޯ ވަނީ ހެޓް-ޓްރިކް ހަދާފަ އެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރާ ރަސްމީ ދަތުރުފުޅުގައި މިއަދު ރާއްޖޭގެ ޓީމާއި ފީފާގެ ޓީމު ގަލޮޅު ދަނޑުގައި މެޗެއް ކުޅެފި އެވެ. މި މެޗު ފީފާގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-6 ނަތީޖާއިންނެވެ.

މި މެޗުގައި ރާއްޖޭގެ ރައީސުލްޖުމްޙުރިއްޔާ ޑރ. މުޢިއްޒުގެ އިތުރުން ރައީސް އޮފީސް އަދި ކެބިނެޓުގެ ވަޒީރުން ބައިވެރިވެފައިވާއިރު، ފީފާގެ ޓީމުގައި ފީފާގެ ރައީސް އިންފަންޓީނޯ، އިޓަލީގެ ލެޖެންޑު މަޓެރާޒީގެ އިތުރުން އެފްއޭމްގެ ރައީސް ތޯރިގު ވެސް ވަނީ ބައިވެވަޑައިގެންފަ އެވެ. އަދި ގައުމީ ޓީމުގެ ލެޖެންޑު ކީޕަރު އިމްރާން ވެސް ކުޅެފައިވަނީ އެފްއޭމްގެ ޓީމަށެވެ. އަދި މީގެ އިތުރުން ވެސް ޔޫރަޕުގެ ލެޖެންޑުން ފީފާގެ ޓީމަށް ކުޅެފައިވެ އެވެ. މި މެޗުގައި ރާއްޖެ ޓީމުގެ ކޯޗަކަށް ހުންނެވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު (ސެމްބެ) އެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ފީފާގެ ޓީމުން މަޓެރާޒީ އެވެ. އޭގެ އިރުކޮޅެއް ފަހުން ރައީސް މުޢިއްޒު ވަނީ ގޯލެއް ޖަހައި ރާއްޖެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި މަޓެރާޒީ ވަނީ ދެވަނަ ގޯލެއް ޖަހައި ފީފާގެ ޓީމަށް އަނބުރާ ލީޑު ހޯދައިދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބައިސިކަލް ކިކަކުންނެވެ. ރާއްޖެ ޓީމަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ ޝިއުރީ އެވެ.

Advertisement

Advertisement 1

ފުރަތަމަ ހާފު 2-2 ގެ ނަތީޖާއިން އެއްވަރުވެފައިވާއިރު ހާފް ބްރޭކުގައި ލެޖެންޑު މަޓެރާޒީ ވަނީ ދަނޑުން ފައިބައިފަ އެވެ.

ދެވަނަ ހާފު ފަށައިގެން އިންފަންޓީނޯ ވަނީ ދެ ގޯލު ޖަހައި ނަތީޖާ 2-4 އަށް ބަދަލުކޮށްފަ އެވެ. ރާއްޖެ ޓީމުގެ ތިންވަނަ ގޯލު ޖަހާފައިވަނީ ރައީސް ގެ ދަރިކަލުން އުމައިރު އެވެ. އަދި އެފްއޭއެމްގެ ރައީސް ތާރިގް (ޓޮމް) ވަނީ ފީފާ އަށް ފަސް ވަނަ ގޯލު ޖަހައިދީފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އިންފަންޓޯނޯ ވަނީ އޭނާގެ ތިން ވަނަ ގޯލު ޖަހައި ހެޓް-ޓްރިކް ފުރިހަމަ ކޮށްފަ އެވެ. އޭގެ މިނެޓެއް ފަހުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނަސީރު ވަނީ ގޯލެއް ޖަހައި ރާއްޖޭގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ފީފާ ރައީސްގެ މި ދަތުރުފުޅަކީ އެފްއޭއެމް ރައީސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންފްންޓީނޯ، ރައީސް ޑރ. މުޢިއްޒުއާ ރަސްމީ ބައްދަލުވުމެއް ކުރިއަށް ދާނެ އެވެ. އަދި މި ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް މަޝްވަރާތައް ކުރިއަށްދާނެ ކަމަށް މަައުލޫމާތު ލިބެ އެވެ. ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމުގެ ގޮތުން އެފްއޭއެމް އަދި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފީފާގެ ރައީސް މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރައިވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޖިއާނީ އިންފަންޓީނޯއެފްއޭއެމްފުޓްބޯޅަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

14 ގަޑިއިރު ކުރިން - 20:04

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

3 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:04