Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލަ: އިތުރު މީހަކު ހައްޔަރުކޮށްފި

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލަ: އިތުރު މީހަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު
321 ދުވަސް ކުރިން - 23 އޮކްޓޫބަރު 2025 22:05
އެމްޕީއެލް އިން ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ފުލުހުން މިއަދު ހައްޔަރުކުރި އާދަމް ވަހީދު (54އ)---
އެމްޕީއެލް އިން ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ފުލުހުން މިއަދު ހައްޔަރުކުރި އާދަމް ވަހީދު (54އ)---
ޚުލާސާ

މިއީ މި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި 6 ވަނަ މީހާ

ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި 2 ކޮންޓެއިނާގެ ސިނގިރޭޓް ހުޅުމާލޭ ޕޯޓުން ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ. މިއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަވަނަ މީހާ އެވެ.

ފުލުހުން މިރޭ ހާމަކުރިގޮތުގައި ހައްޔަރުކުރީ ނ.މިލަދޫ / ކެނެރީގެ، އާދަމް ވަހީދު (54އ) އެވެ. އޭނާ ހައްޔަރުކުރީ މިއަދުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ އާދަމް ވަހީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement 1

ސައުދީ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެތެރެކުރިކަން ފަޅާއެރީ މިއަހަރުގެ އޭޕްރީލް މަހު އެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ދެ ކޮންޓެއިނަރު އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފައި ހުއްޓާ ވަގަށްނެގި މައްސަލާގައި އެކަން ޕްލޭން ކުރުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން ފުލުހުން ވަނީ ކުރިން ހައްޔަރުކޮށްފަ އެވެ. އަދި މި މަހުގެ 19 ވަނަ ދުވަހުވެސް މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އެ ފަސް މީހުންނަކީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި ޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)ގެ ކ.ތުލުސްދޫ / ލިންކް، ހަސަން އަބްދުއްރަހްމާން އެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައި އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސިނގިރޭޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

3 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20