Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކަންނެލި މަސް ބަންދުކުރާ ފެސިލިޓީ އަޅަން ހުޅުމާލެއިން ބިން ހަވާލުކޮށްފި

ކަންނެލި މަސް ބަންދުކުރާ ފެސިލިޓީ އަޅަން ހުޅުމާލެއިން ބިން ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތު
272 ދުވަސް ކުރިން - 23 އޮކްޓޫބަރު 2025 19:14
ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރުމުގެ މަސައްކަތަށް ހުޅުމާލޭގައި ގާއިމްކުރާ ފެސިލިޓީ އެޅުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރުމުގެ މަސައްކަތަށް ހުޅުމާލޭގައި ގާއިމްކުރާ ފެސިލިޓީ އެޅުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޚުލާސާ

މި ފެސިލިޓީގެ މަސައްކަތް މިއަހަރު ފަށައި އަންނަ އަހަރު މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފަ

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރުމުގެ މަސައްކަތަށް ހުޅުމާލޭގައި ގާއިމްކުރާ ފެސިލިޓީ އެޅުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފިއެވެ. މި ފެސިލިޓީގެ މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީ ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެޗްޑީސީ އިން އެ ބިން ފިނޭންސް މިނިސްޓްރީއާ ހަވާލުކުރީ މިއަދު އެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްްވީ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ.

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. 

Advertisement

Advertisement 1

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ މިފްކޯގެ ފެސިލިޓީ ތަރައްގީކުރަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެންނެވެ. އެގޮތުން މި ފެސިލިޓީ ތަރައްގީކުރުމަށް އައިއެސްޑީބީން ވަނީ 65 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ހަމަޖައްސާފަ އެވެ. މި ފެސިލިޓީއަކީ 35 ޓަނުގެ މަސް ބަންދުކުރުމުގެ ގާބިލުކަން ހުންނާނެ ފެސިލިޓީއެކެވެ. މި ފެސިލިޓީ ތަރައްގީކުރަން ކުރިން ކަނޑައެޅީ ކަނޑުއޮތްގިރީގަ އެވެ. ނަމަވެސް ހުޅުމާލެއިން ބިމެއް ހަމަޖެހުމުން ސަރުކާރުން ވަނީ މި ފެސިލިޓީ ހުޅުމާލޭގައި ތަރައްްގީކުރުމަށް ނިންމާފަ އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވިގޮތުގައި މިއަހަރު މި ފެސިލިޓީގެ މަސައްކަތް ފެށިގެންދާނެ އެވެ. އަދި އަންނަ އަހަރު މި ފެސިލިޓީގެ މަސައްކަތް ނިންމައި، މަސްވެރިންނަށް މިތަނުގެ ފައިދާ ލިބިގެންދާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްމަސްވެރިކަންއެޗްޑީސީހުޅުމާލެމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

50 މިނެޓު ކުރިން - 14:28

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހިޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި ސައްބީސް ކާނިވަލް" ބާއްވަނީ

23 ގަޑިއިރު ކުރިން - 16:09

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

4 ދުވަސް ކުރިން - 19:54

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

8 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

9 ދުވަސް ކުރިން - 11:05

ކަނޑުމަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަނީ

ކަނޑުމަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަނީ

12 ދުވަސް ކުރިން - 21:14