ނޮވެމްބަރު 3 ގައި ފާހަގަކުރާ ނަސްރުގެ ދުވަހާ ދިމާކޮށް އެ މަހުގެ ދެވަނަ ދުވަހަކީ އާދީއްތަ ދުވަހެއް ކަމަށްވުމުން، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަފައި އެވެ.
މިކަން އިއުލާން ކުރައްވާ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ގޮތަށް ރައީސް ނިންމެވީ ނަސްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ، 2025 ނޮވެމްބަރު 2 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.
މީގެ ކުރިންވެސް ހަފްތާގެ ކުރީކޮޅުގައި އަދި ފަހުކޮޅުގައި ރަސްމީ ބަންދު ދުވަހެއް އަންނަ ކަމުގައި ވަނީނަމަ އާދީއްތަ ނުވަތަ ބުރާސްފަތި ދުވަސް ސަރުކާރުން ބަންދު ދުވަސް ގޮތުގައި ހަމަޖައްސާފައި އެބަ ހުއްޓެވެ.
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންގެ ބަޔަކު އަޑީގައި ތިބެ ބޭރުގެ ބަޔަކާއި ގުޅިގެން ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މި ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުވެފަ އެވެ.






