އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުއިއްޒު މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަސްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ، ދޭއް ނޮވެމްބަރު 2025 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ ކަމަށެވެ.
ނޮވެމްބަރު ދެވަނަ ދުވަސް ބަންދުކުރީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައިކަމަށް ރައީސް އޮފީހުން ވަނީ އިތުރަށް ބުނެފަ އެވެ.
ރައީސް ޑރ. މުއިއްޒު ނޮވެމްބަރު ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖެއްސެވުމާއެކު، މި މަހުގެ 31 ވަނަ ދުވަހާއި، ނޮވެމްބަރު އެއްވަނަ ދުވަހާއި، އަދި ނޮވެމްބަރު ދެވަނަ ދުވަހުގެ އިތުރުން ނޮވެމްބަރު ތިންވަނަ ދުވަހާއިއެކު ހަތަރު ދުވަހުގެ ޗުއްޓީއެއް ސަރުކާރުގެ މުވައްޒަފުންނަށް ލިބިގެންދާނެ އެވެ.






