Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

މުހައްމަދު ޖަމްޝަތު
322 ދުވަސް ކުރިން - 22 އޮކްޓޫބަރު 2025 17:08
ސިނގިރޭޓް މައްސަލައިގައި ހައްޔަރުކުރި ހަސަން އަބްދުއްރަހްމާން---ފޮޓޯ:ޕޮލިސް
ސިނގިރޭޓް މައްސަލައިގައި ހައްޔަރުކުރި ހަސަން އަބްދުއްރަހްމާން---ފޮޓޯ:ޕޮލިސް
ޚުލާސާ

މި މައްސަލައިގެ ތަހުގީގުތެރެއިން 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ

ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި 2 ކޮންޓެއިނާގެ ސިނގިރޭޓް ހުޅުމާލޭ ޕޯޓުން ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ރޭގެ ވަގުތެއްގައި މި މައްސަލައާ ގުޅުންހުރި އިތުރު މީހަކުވެސް ހައްޔަރުކޮށް ގެއްލުނު ކޮންޓެއިނަރުތަކުގެ ބައިތައްވެސް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރޭ ފުލުހުން ހައްޔަރު ކުރީ ކ.ތުލުސްދޫ، ލިންކް އުމުރުން 52 އަހަރުގެ ހަސަން އަބްދުއްރަހްމާން އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement 1

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައި އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސައުދީ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެތެރެކުރިކަން ފަޅާއެރީ މިއަހަރުގެ އޭޕްރީލް މަހު އެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ދެ ކޮންޓެއިނަރު އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފައި ހުއްޓާ ވަގަށްނެގި މައްސަލާގައި އެކަން ޕްލޭން ކުރުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ފުލުހުން ވަނީ ކުރިން ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންނަކީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލްގެ އިތުރުން އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސިނގިރޭޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

3 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20