މީޑިއާ ކޮމިޝަންގެ ރައީސް އައްޔަން ކުރަން ކޮމިޓީއަށް

މުހައްމަދު ޖަމްޝަތު | 44 ދުވަސް ކުރިން - 22 އޮކްޓޯބަރު 2025 13:26
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެެއް---ފޮޓޯ؛ މަޖިލިސް އިދާރާ
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެެއް---ފޮޓޯ؛ މަޖިލިސް އިދާރާ
ޚުލާސާ

މީޑިއާ ކޮމިޝަންގެ ރައީސަކަށް އައްޔަންކުރާނީ ކޮމިޝަނުގެ ހަތް މެމްބަރުންގެ ތެރެއިން ކޮމިޓީން ކަނޑައަޅާ ބޭފުޅެއް

އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަން ކުރުމާގުޅޭ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައީސަކަށް އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ބޭފުޅެކެވެ.

މީޑިއާ ކޮމިޝަނުގައި ތިއްބަވަނީ މަޖިލީހުން އާންމުކޮށް ހުޅުވާލައިގެން އައްޔަން ކުރި ތިން މެމްބަރުންނާއި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިހާބު ކުރި ހަތަރު މެންބަރުންނެވެ.

އެގޮތުން މަޖިލީހުން އެ ކޮމިޝަނަށް އައްޔަން ކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.

ބްރޯޑްކާސްޓަރުން ތަމްސީލްކުރައްވާ ދެ މެންބަރުންގެ ގޮތުގައި އިންތިހާބުވެފައިވަނީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލްކުރައްވާ މެންބަރުންގެ ގޮތުގައި އިންތިހާބުވެފައިވަނީ ސިމާހާ ނަސީމާއި ހުސައިން ސަޣީފް އެވެ.

މީޑިއާ ކޮމިޝަންގެ ރައީސް މަޖިލީހުން އައްޔަން ކުރެއްވި ނަމަވެސް ނައިބު ރައީސް އައްޔަން ކުރައްވާނީ އެ ކޮމިޝަންގެ މެންބަރުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%