ބުރާސްފަތިދުވަހު ޓްރަމްޕާއެކު ބާއްވަން އޮތް ބައްދަލުވުން ޕޫޓިން ކެންސަލް ކުރައްވައިފި

ޢަބްދުﷲ ޖުނައިދު | 45 ދުވަސް ކުރިން - 21 އޮކްޓޯބަރު 2025 20:24
ކުއްލި ޚަބަރު: ބުރާސްފަތިދުވަހު ޓްރަމްޕާއެކު ބާއްވަންއޮތް ބައްދަލުވުން ޕޫޓިން ކެންސަލްކުރައްވައިފި
ކުއްލި ޚަބަރު: ބުރާސްފަތިދުވަހު ޓްރަމްޕާއެކު ބާއްވަންއޮތް ބައްދަލުވުން ޕޫޓިން ކެންސަލްކުރައްވައިފި
ޚުލާސާ

ހަންގޭރީގައި އަންނަ ބުރާސްފަތި ދުވަހު ޓްރަމްޕާއި އެކު ޕޫޓިން ބާއްވަން ނިންމަވާފައިވާ ބައްދަލުވުން ކެންސަލްކޮށްފި. ބައްދަކުވުން ކެންސަލް ކުރެއްވީ ޕޫޓިން.

ރަޝިއާ-ޔުކްރޭނު ހަނގުރާމަ ހުއްޓާލައި ޞުލްޙަ ކުރުމުގެ މަޤްޞަދުގައި ހަންގޭރީގެ ބުޑަޕެސްޓްގައި ރަޝިއާގެ ރައީސް ވްލަޑްމީރް ޕޫޓިން އާއި އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައި އޮތް ބައްދަލުވުން ޕޫޓިން ކެންސަލް ކުރައްވައިފިއެވެ.

މަސްދަރުތައް ބުނާ ގޮތުގައި ޓްރަމްޕާއި ޕޫޓިން އާއި ދެމެދު ރާވާފައިވާ މަޝްވަރާތައް ދުނިޔެއިން ގާތުން ބަލަމުން ދިޔަ ނަމަވެސް އެ ބައްދަލުވުން ކެންސަލްކޮށްފައި ވަނީ ރަޝިޔާއިން ޑިމާންޑްތަކަށް ބޯލަނބަން ދެކޮޅު ހެދުމުންނެވެ.

ހުސްވި ހަފްތާގައި ރައީސް ޓްރަމްޕް ވަނީ މި ސަމިޓުން ޔޫކްރޭންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ، "ދެ ހަފްތާގެ ތެރޭގައި" އޭނާ އާއި ޕޫޓިން ބުޑަޕެސްޓްގައި ބައްދަލު ކުރައްވާނެކަން އިޢުލާންކުރައްވާފައެވެ.

ނަމަވެސް މީގެ އިރުކޮޅެއް ކުރިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭލަވްރޯވްގެ ދެމެދުގައި ވަނީ ޚިޔާލުތަފަތުވުންތައް އުފެދިފައި ކަމަށާއި އަދި މޮސްކޯއިން ޔުކްރޭނުގެ ސަރަޙައްދުތަކުން އެއްވެސް ވަރަކަށް ފަހަތަށް ޖެހެން ދެކޮޅު ހެދުމާއި އެ ނޫންވެސް ސަބަބުތަކާއި ހެދި ސަމިޓަށް ބުރޫއަރާފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%