Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މުންޑޫ ރައްޔިތުންގެ މައިގަނޑު އެދުމަކީ ބަނދަރުގެ މައްސަލަ، އެކަން ހައްލުކޮށްދެއްވާނަން: ރައީސް

މުންޑޫ ރައްޔިތުންގެ މައިގަނޑު އެދުމަކީ ބަނދަރުގެ މައްސަލަ، އެކަން ހައްލުކޮށްދެއްވާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
312 ދުވަސް ކުރިން - 21 އޮކްޓޫބަރު 2025 12:16
ރައީސް މުންޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމްކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ރައީސް މުންޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމްކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ބަނދަރުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނާނެ ކަމަށް.

މުންޑޫ އަށް ދިމާވެފައިވާ ޒަމާންވީ ބަނދަރު މައްސަލައަށް ހައްލެއް ގެނެސްދެއްވުމުގެ ގޮތުން އެ ރަށުގެ ބަނދަރު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށު ރައްޔިތުންނަށް އަރުވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން އަރުވާފައިވަނީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުންޑޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައަވަމުންނެވެ.

އެ ރަށުގެ ބަނދަރުގެ މައްސަލައަކީ އެ ރަށަށް މިވަގުތު ބޭނުންވާ އެންމެ ބޮޑު ތަރައްގީ ކަމަށް ބައްދަލުވުމުގައި ވާހަކަދެއްކެވި ފަރާތެއް ވަނީ ފާހަގަކޮށްފަ އެވެ. ރައީސް ވިދާޅުވީ، ބަނދަރުގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި އެ މައްސަލަ ހައްލުކުރާނެ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކެވި އެހެން ބޭފުޅަކު ބުނެފައިވަނީ، ރަށް ކުޑައެއް ކަމަކު ރައީސް ވަޑައިގަތުމުން ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް އެ ރަށު ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ. މުންޑޫ އަކީ އާބާދީގޮތުން ވަރަށް މަދު ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.

Advertisement

Advertisement 1

ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް ބޭނުންވާ ކަމަށް އެ ރަށު ރައްޔިތެއް ފާހަގަކޮށްފައިވާތީ ރައީސް ވިދާޅުވީ އާބާދިގެ ނިސްބަތުން ސިއްހީ މަރުކަޒަކާއި ޓެސްޓުތައް ހެދޭނެ ގޮތަށް ލެބޯޓަރީގެ ހިދުމަތް ހުރިހާ ރަށެއްގައިވެސް ގާއިމްކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި މުންޑޫ އަށް ވެސް ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި މިކަން ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ވަނީ ފައްޓަވައިދެއްވާފަ އެވެ. އަދި ޕޮލިސް ސްޓޭޝަންގެ ބިންގާ ވަނީ އަޅުއްވާފަ އެވެ.

ލ. މުންޑޫރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

9 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

16 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02