އިސްރާއީލުން ހުޅަނގުއައްސޭރީގެ ނަބްލޫސް ގައި ޖަރީމާ ހިންގަން ފަށައިފި

ޢަބްދުﷲ ޖުނައިދު | 40 ދުވަސް ކުރިން - 21 އޮކްޓޯބަރު 2025 08:29
ކުއްލި ޚަބަރު: އިސްރާއީލުން ހުޅަނގުއައްސޭރީގެ ނަބްލޫސް ގައި ޖަރީމާ ހިންގަން ފަށައިފި
ކުއްލި ޚަބަރު: އިސްރާއީލުން ހުޅަނގުއައްސޭރީގެ ނަބްލޫސް ގައި ޖަރީމާ ހިންގަން ފަށައިފި
ޚުލާސާ

އިސްރާއީލުން ނަބްލޫސްގެ މުސްކުޅި ސިޓީ އަށް އަރައި ގެދޮރާއި ފިހާރަތަކަށް ވަދެ، ރައްޔިތުންނަށް ބިރުދައްކަން ފަށައިފި.

ހައްދުފަހަނައެޅި ޔަހޫދީ ޒައެނިސްޓް ލަޝްކަރުން ހިފާފައިވާ ފަލަސްޠީނުގެ ނަބްލޫސް އަށް އަރައި ޖަރީމާތައް ހިންގަން ފަށައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިވަގުތު ޔަހޫދީ ސިފައިން ދަނީ ނަބްލޫސްގެ މުސްކުޅި ސިޓީ އަށް އަރައި ގެދޮރާއި ފިހާރަތަކަށް ވަދެ، އެތައް ބަޔަކު ޙިޞާރުކޮށް، މަގުތައްވެސް ބަންދުކުރަމުންނެވެ.

ފަލަސްތީނުގެ މަސްދަރުތައް ބުނާ ގޮތުގައި ފަތިސް ވީއިރު ޒައެނިސްޓް ސިފައިން ވަނީ ބައެއް އަވަށްތަކަށް ޓޭންކަރުތަކުގައި ވަދެ ތަންތަން ހާވަން ފަށާފައެވެ.

މިހާރު ނަބްލުސް ވަނީ ބަންދު ކޮށްފައި ކަމަށާއި، އަސްކަރީ ޒޯނަކަށް ބަދަލުކޮށްލާފައި ކަމަށް ޚަބަރު ލިބެއެވެ.

ނަބްލުސް ގައި އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ހިންގަމުންދާ އޮޕަރޭޝަނާއި އަދި އޭގެ މަޤްޞަދާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ނުރަސްމީ މަސްދަރުތަކުން ބުނަނީ މިވަގުތު ނަބްލުސް ގައި ކުރިޔަށްދާ އޮޕަރޭޝަނަކީ ފަލަސްޠީނުގެ ރައްޔިތުން ރައްކާކޮށްފައިވާ ހަތިޔާރުތައް ހޯދުމަށް ހިންގާ އޮޕަރޭޝަނެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%