Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ވައުދުތައް ފުއްދަމުން މިދަނީ ފައިސާ ޗާޕުނުކޮށް: ރައީސް

މުހައްމަދު ޖަމްޝަތު
369 ދުވަސް ކުރިން - 21 އޮކްޓޫބަރު 2025 01:04
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނަދޫ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނަދޫ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކުންފުނިތަކަށް ދައްކަންޖެހޭ އެތައް މިލިޔަން ރުފިޔާގެ ބިލުތައް މިދިޔަ ސަރުކާރުން ނުދައްކާ އޮތްއިރު އެ ބިލުތަކައް ފައިސާ ދެއްކުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް ރައީސް ވިދާޅުވި

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށާއި ވައުދުތައް ފުއްދުމަށް ފައިސާ ޗާޕުނުކުރުމަށް ވީ ވައުދުވެސް ފުއްދަމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވަނީ އެ ވައުދުތައް ފުއްދޭނެކަމުގެ ޔަގީންކަމާއެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދައްކަން ޖެހޭ އެތައް ހާސް މިލިޔަން ރުފިޔާގެ ބިލުތައް ނުދައްކާ އޮތްކަމަށާއި މިހާރުވެސް ދެ ބިލިއަން ރުފިޔާގެ ބިލުތައް ނުދައްކާ އޮތް އިރު އެ ބިލުތަކައް ފައިސާ ދެއްކުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ކުންފުނިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ފަސް ހަފްތާ ތެރޭގައި ދައްކާނެ ކަމަށް މި މަހު ކުރީކޮޅު ރައީސް ވަނީ އިއުލާނުކުރައްވާފަ އެވެ. އެގޮތުން މި ހިނގާ 30 ދުވަހުގެ ތެރޭގައި ކޮށްފައިވާ ބިލްތައް ފިޔަވައި ދެން ހުރި ހުރިހާ ބިލެއްގެ ފައިސާ ފަސް ހަފްތާ ތެރޭ ދައްކާ ނިންމާނެ ކަން އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.

Advertisement

Advertisement 1

"އަޅުގަނޑުވީ އެއްވެސް ވައުދެއް ދޫނުކޮށްލާނަން ނުފުއްދައެއް. އަޅުގަނޑުމެން މިގެންދަނީ ގާނޫނާ ގަވައިދުގެ ތެރެއިން ވީ ވައުދުތައް ފުއްދަމުން ރައްޔިތުންނަށް މިހެން ހުރި ހުރިހާ ދަތިތަކެއް ފިލުވައިދެމުން. އެހެންކަމުން މިފައިސާ ކުރިއަށް އޮތް ހަފްތާ ދެ ހަފްތާގެ ތެރޭގައި އަދާކޮށްދޭނަން، މިކަން އަޅުގަނޑު މި ކުރަނީ އަޅުގަނޑު ވީ އަނެއް ވައުދު ވެސް ފުއްދަމުން. އެއީ ފައިސާ ޗާޕު ނުކޮށް. ފައިސާ ޗާޕުނުކޮށް މި ކުރަނީ." ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައްޔިތުންނަށްވީ ހުރިހާ ވައުދެއް ފުއްދަވައިދެއްވާނެކަން ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ އެވައުދުތައް ފުއްދަވާނީ ފައިސާ ޗާޕުނުކޮށް ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިގުތިސާދު އޮތީ ނާޒުކު ހާލަތެެއްގައިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އިގުތިސާދުވެސް ރަނގަޅުކުރުވަމުން އަންނަކަމަށެވެ. އިގުތިސާދު ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައިވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތައް ލިބެން ފަށާނެ ކަމަށާއި އޭރުން ރައްޔިތުންގެ އަތްމަތި ތަނަވަސްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްލ. ފޮނަދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 15:31

ރާއްޖޭގެ އިގްތިސާދީ ބަދަލުވުމުގެ ބައިވެރިންނަށް ވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދައުވަތު

2 ދުވަސް ކުރިން - 20:51

ރާއްޖެ-ޕާކިސްތާނު: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަނީ

ރާއްޖެ-ޕާކިސްތާނު: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަނީ

2 ދުވަސް ކުރިން - 11:50

ޕާކިސްތާނުގެ ބޮޑުވަޒީރު ބޭއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަންބަލުން ބައިވެރިވެވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު ބޭއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަންބަލުން ބައިވެރިވެވަޑައިގެންފި

3 ދުވަސް ކުރިން - 10:30

އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވައިފި

އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވައިފި

3 ދުވަސް ކުރިން - 22:54

ދެއަހަރު ދުވަހުގެ ތެރޭގައި ދެގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަނީ

ދެއަހަރު ދުވަހުގެ ތެރޭގައި ދެގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަނީ

3 ދުވަސް ކުރިން - 13:42