Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރައީސް މުއިއްޒަށް އޮތީ އިހްލާސްތެރިކަން، ހިޔާލުތަފާތުވުމެއް ނެތި ތިބޭނީ އެ ތިބި ގޮތެއްގައި ސާބިތުވެގެން: އަބްދުއްރަހީމް

ރައީސް މުއިއްޒަށް އޮތީ އިހްލާސްތެރިކަން، ހިޔާލުތަފާތުވުމެއް ނެތި ތިބޭނީ އެ ތިބި ގޮތެއްގައި ސާބިތުވެގެން: އަބްދުއްރަހީމް

މުހައްމަދު ޖަމްޝަތު
267 ދުވަސް ކުރިން - 20 އޮކްޓޫބަރު 2025 23:24
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނަދުއަށް ވަޑައިގަތުމުން މަޖިލީހުގެ ރައީސް އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނަދުއަށް ވަޑައިގަތުމުން މަޖިލީހުގެ ރައީސް އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ގާތުން ވެރިކަން ކުރައްވައި ރައްޔިތުންގެ ކަންކަން ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ރައީސް މުއިއްޒު ފަދަ ވެރިއެއް ނެތް ކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ހިޔާލުތަފާތުވުމެއް ނެތް ކަމަށާއި އެމަނިކުފާނާއެކު އިހުލާސްތެރިކަންމަތީ ދެމި ހުންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ. އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ލ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ދެ އަހަރުތެރޭގައި ނުގެނެވޭ ތަރައްގީ އާއި ކުރިއެރުން އެންމެ ދެ އަހަރުތެރޭގައި އަދުގެ ސަރުކާރުން ގެނެސްދީފައިވާ ކަމަށާއި އޭގެ އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހި ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ދައްކަންޖެހޭ ދަރަނި ދައްކަމުން، ކުރަންޖެހޭ ކަންކަން ކުރަމުން މިއަދާހަމައަށް ކުރިއަށްގެންދިއުން ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ލަސްކަމަށް ބުނެ އިދިިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތު އެންމެ ރަނގަޅަށް އެނގޭނީ، އެކަންކަން އެންމެ ގާތުން ފެނުނު ބަޔަކަށް ކަމަށާއި އިދިކޮޅު ފަރާތްތަކުން ގައުމު ބަނގުރޫޓުވުމަށް އެދިއެދި ތިބިއިރު އެފަދަ ހާލަތަކަށް ގައުމު ވައްޓާލީވެސް އެމީހުން ކަމަށެވެ.

Advertisement

Advertisement 1

ނަމަވެސް ރައީސް މުއިއްޒު ވަނީ ފަހަރަކު ކަމެެއް ހައްލު ކުރައްވަމުން ގޮސް، ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާފައި ކަމަށާއި މި ސަރުކާރަކީ ދެ އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ފެށި ހަމައެކަނި ސަރުކާރުކަން މިހާތަނަށް އިއުލާނުކޮށް ފެށުނު ޕްރޮޖެކްޓުތަކުންވެސް އެނގޭނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައްޔިތުން މަޖިލީހަށް ސަރުކާރުން ހުށަހަޅަނީ ގައުމުގެ ކުރިއެރުމާއި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ބިލުތަކެއްކަން ފާހަގަކުރަައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެފަދަ ބިލުތައް ފާސްކުރުމަށް މަޖިލީހުން މަސައްކަތް ކުރައްވާނެކަމަށާއި މެންބަރުން ތިބީ ފިސާރި ކެރިގެން ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭން ތައްޔާރަށްކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ. އަދި ސަރުކާރުން ފޮނުވާ އެފަދަ މުހިންމު ބިލުތައް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ފޮނަދޫގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުައްވައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު ތަރައްގީގެ މަޝްރޫއުތަކަކީ ފޮނަދޫގައި މިހާތަނަށް ހިންގޭ ތަރައްގީގެ އެންމެ ގިނަ އަދި އެންމެ ބިޔަ މުހިންމު މަޝްރޫއުތައް ކަމަށާއި އެމަޝްރޫއުތައް ނިމި އިފްތިތާހުކުރުމަށް ރައީސް ވަޑައިގަންނަވާނެ ދުވަހެއްގެ އިންތިޒާރުގައި އެރަށު ރައްޔިތުން ތިބޭނެކަމަށެވެ.

އޭގެ އިތުރުން ސަރުކާރާ އެކު ކުރިޔަށް ދިއުމަށް ފޮނަދޫގެ ރައްޔިތުން އެމަނިކުފާނާއި ހަވާލު ކޮށްފައިވަނީ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި އެހެންކަމުން ދެބަސްވުމާއި ހިޔާލުތަފާތުވުމެއް ނެތި ސަރުކާރާއި އެކު ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވި އެވެ. އަދި އެކި ދުވަހު، އެކި ގޮތަށް ވާހަކަ ދައްކަވަމުން ނުދާކަމަށާއި މި ސަރުކާރާއި އެކު އިހުލާސްތެރިކަމާއި އެކު ދެމިހުންނަވާނެކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މަނިކުފާނަށް އަޅުގަނޑުމެންގެ ފަރާތުން ފެންނާނީ އިހުލާސްތެރިކަން.. ތެދުވެރިކަން.. ހިޔާލުތަފާތުވުމެއް އަޅުގަނޑުމެންގެ ނެތޭ. އަޅުގަނޑުމެން ތިބޭނީ އެ ތިބި ގޮތެއްގައި ސާބިތުވެގެން.އެކި ދުވަހު، އެކި ގޮތަށް، އެކި ތަންތަނުގައި ވާހަަކަ ދައްކަމުންނެއް އަޅުގަނޑުމެންނެއް ނުދާނަން.އަޅުގަނޑާއި ފޮނަދޫގެ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރާނީ އެ ރައްޔިތުން ބޭނުންވާ ގޮތަށް،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ

އަބްދުއްރަހީމް ވިދާޅުވީ ތަރައްގީއާއި، ވައުދުގެ ލިސްޓު ދިގު ކަމަށެވެ. އެއާއި އެކު ސަރުކާރުން މިހުރިހާކަމެއް ވެސް އެންމެ ރަނގަޅު ގޮތުގައި ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކުރަމުންގެންދާކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްރައްޔިތުންގެ މަޖިލިސްމަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ނިންމައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް

3 ގަޑިއިރު ކުރިން - 14:33

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

6 ގަޑިއިރު ކުރިން - 11:20

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

2 ދުވަސް ކުރިން - 17:13