Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

40 އަހަރަށް ފަހު ރައީސަކު ކުނަހަންދޫ އަށް

40 އަހަރަށް ފަހު ރައީސަކު ކުނަހަންދޫ އަށް

އައިޝަތު ރުވާ ރިފްޢަތު
233 ދުވަސް ކުރިން - 20 އޮކްޓޫބަރު 2025 20:19
ރައީސުލްޖުމްހޫރިއްޔާ ކުނަހަންދޫ އަށް ވަޑައިގެން ތުއްތު ކުއްޖަކާއެކު. - ފޮޓީ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ކުނަހަންދޫ އަށް ވަޑައިގެން ތުއްތު ކުއްޖަކާއެކު. - ފޮޓީ: ރައީސް އޮފީސް
ޚުލާސާ

އެރަށު މީހުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ވޭތެވެދިޔަ 40 އަހަރުތެރޭ ރައީސަކު އެ ރަށަށް ވަޑައިގެންފައި ނުވާކަން.

އިންތިހާބުކޮށްފައިވާ ރައީސަކު ވޭދުވެދިޔަ 40 އަހަރު ދުވަހު ތެރޭގައި އެ ރަށުގެ ފަސްގަނޑުގައި ފައިންޕުޅު ޖައްސާފައި ނުވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ ވެހޭ ބޯ ވިއްސާރައިގައި އެ ރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކުނަހަންދޫ އަށް ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގައި ހައްދުންމައްޗަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ބަދަލުކޮށްފައިވާއިރު އެރަށު މީހުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ވޭތެވެދިޔަ 40 އަހަރުތެރޭ ރައީސަކު އެ ރަށަށް ވަޑައިގެންފައި ނުވާ ކަމެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި އެ ރަށު ކައުންސިލް ރައީސް، އިބްރާހިމް ޝަކީބް ވިދާޅުވެފައިވަނީ ރައީސަކު ކުނަހަންދޫއަށް ވަޑައިނުގަންނަވާތާ 40 އަހަރުވެފައިވާ ކަމަށާއި، ރައީސް ޑރ. މުޢިއްޒު އެ ރަށަށް ވަޑައިގަތުމުން އުފަލާއެކު އެކަން ފާހަގަކުރާ ކަމަށާއި، ކުނަހަންދޫގެ ތަރައްގީއަށް މިއަދު ސޮއި ކުރެވުނު ހަތަރު މަޝްރޫއަކީ އެ ރަށަށް އެންމެ ބޭނުން ޖެހިފައިވާ މަޝްރޫއުތައް ކަމަށެވެ. އަދި އެ ރަށުގެ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމަވާލަދެއްވުމަށް ޝަކީބް ވަނީ ރައީސްގެ އަރިހުން އެދިލައްވާފަ އެވެ.

Advertisement

Advertisement 1

ޝަކީބް ވަނީ އެ ރަށުގެ މަގުތައް ތަރައްގީ ކޮށްދެއްވުމަށާއި، ހުއްޓިފައިވާ ސްކޫލްގެ މަސައްކަތުގެ އިތުރުން ސިއްހީ މަރުކަޒު ތަރައްގީ ކޮށްދެއްވުމަށް ވެސް އެދިލައްވާފަ އެވެ. މި ހުރިހާ އެދުމަކަށް ރައީސް ވަނީ އުންމީދީ ޖަވާބުތަކެއް ދެއްވާފަ އެވެ. އަދި ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ ހިޔާލު ހޯއްދަވައި، ރައްޔިތުން އެދޭގޮތަށް ކުނަހަންދޫގެ ތަރައްގީގެ ކަންކަން ގެންގޮސްދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

ކުނަހަންދޫގައި ސޮއިކުރެވުނު މަޝްރޫއުތައް؛

  1. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު
  2. މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު
  3. ވޮލީ ކޯޓުގެ މަޝްރޫއު
  4. ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫއު

ރައީސް ގެ މި ދަތުރުފުޅުގައި ހިތަދޫ އާއި ކުނަހަންދޫ ގުޅާލުމަށްޓަކައި ކޯޒެވޭގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފަ އެވެ.

ލ.ކުނަހަންދޫރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

36 މިނެޓު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

1 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31