Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މާވަށުގައި އައިސް ޕްލާންޓެއް އަޅަން މިފްކޯއާ ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތު
363 ދުވަސް ކުރިން - 20 އޮކްޓޫބަރު 2025 17:49
މާވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އެއްބަސްވުމުގައި ސޮއިކުރުން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މާވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އެއްބަސްވުމުގައި ސޮއިކުރުން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޚުލާސާ

ސަރުކާރުން ރައްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަމަށް މިނިސްޓަރު ޝިޔާމު ވަނީ ވިދާޅުވެފަ

ލ. މާވަށުގައި އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އާ ހަވާލުކޮށްފި އެވެ.

މާވަށު އައިސް ޕްލާންޓުގެ މަސައްކަތް މިފްކޯއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާވަށަށް ވަޑައިގެެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެ ރަަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް ޔުނިޓުގެ މެނޭޖަރު މުހައްމަދު ޝަމީމެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ދަށުން މާވަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފައްދާ އައިސްޕްލާންޓެކެވެ. އެތަނުގައި 50 ޓަނުގެ އައިސް ރައްކާކުރެވޭނެ އެވެ. 

މާވަށުގައި 25 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނާވެސް ހަވާލުކުރި އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި 5.5 މިލިއަން ރުފިޔާއަށް އަގުކޮށް ފެނަކައާ އެ މަޝްރޫއު ހަވާލުކުރީ ހަ މަސްތެރޭގައި މަޝްރޫއު ނިންމާ ގޮތަށެވެ.

މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މި ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ށ. ފުނަދޫގައި ގާއިމުކޮށްފައިވާ 30 ޓަނުގެ އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައި މިިދިޔަ ހަފްތާގައި ވަނީ ބޭނުންކުރަން ފަށައިފަ އެވެ. މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ހަރަދު ކުޑަކުރެވޭނެ އެވެ.

ލ. މާވަށްމިފްކޯމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ލ. އިސްދޫގައި އެގްރޯފޮރެސްޓްރީ ދަނޑެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލ. އިސްދޫގައި އެގްރޯފޮރެސްޓްރީ ދަނޑެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

17 ގަޑިއިރު ކުރިން - 19:06

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން، ޗެއާއަކަށް އަނަސް އައްޔަންކޮށްފި

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން، ޗެއާއަކަށް އަނަސް އައްޔަންކޮށްފި

13 ދުވަސް ކުރިން - 21:33

މިދިޔަ މަހު މިފްކޯއިން 27 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

މިދިޔަ މަހު މިފްކޯއިން 27 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

14 ދުވަސް ކުރިން - 15:20

ފަރުމަސް އާލާކުރުމުގެ ފަންނީ ހުނަރު އުނގަންނައިދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފަރުމަސް އާލާކުރުމުގެ ފަންނީ ހުނަރު އުނގަންނައިދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

15 ދުވަސް ކުރިން - 11:00

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އެސްޖޭއާ ހަވާލުކޮށްފި

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އެސްޖޭއާ ހަވާލުކޮށްފި

26 ދުވަސް ކުރިން - 21:47

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

42 ދުވަސް ކުރިން - 10:19