ލ. ހިތަދޫއާއި އާއި އެ ރަށާއި ކައިރީގައި އޮންނަ ކުނަހަންދޫ ކޯޒްވޭއަކުން ގުޅުވާލުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން، އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
އެމްޓީސީސީއާ ހަވާލުކުރި މި ކޯޒްވޭ ގެ އަމަލީ މަސައްކަތަށް 81 މިލިއަން ރުފިޔާ ހަރަދުވާނެއިރު ސަރުކާރުގެ އަމާޒަކީ މި ބޮޑު މަޝްރޫއު 500 ދުވަސް ތެރޭގައި ނިންމާލުމެވެ.
ނިމިދިޔަ ސަރުކާރުގައި ހިތަދޫ-ކުނަހަންދޫ ކޯޒްވޭ ލަސްވާތީވެ އެކަމުގެ ސާވޭ ކުރުމަށްޓަކައި އެ ދެ ރަށަށް ދިޔަ ޓީމު އޭރު ވަނީ ބާލާފަ އެވެ.
އެއާޕޯޓުގެ ވާހަކަ ރައީސް މި ރަށުގައި ވެސް ތަކުރާރު ކުރެއްވި އެވެ. މާވަށުގައި ވެސް ވިދާޅުވި ގޮތަށް އެމަނިކުފާނު ވިދާޅުވީ، މި އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަކީ ރިޔާސީ ވައުދެއް ކަމަށާއި ނަަމަވެސް އެއާޕޯޓު އަޅުއްވާނީ ކޮން ރަށެއްގައި ކަމެއް އަދި ނުނިންމަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ދަތުރުގައި އެއާޕޯޓް އަޅާނެ ރަށެއް ނުނިންމެވުކީ އެކަން ނުކުރުން ނޫން ކަމަށާއި ދާދި އަވަހަށް އެ ރަށެއް އިއުލާން ކުރައްވާނީ ބަލަންޖެހޭ ހުރިހާ ކަމެއް ބައްލަވާލެއްވުމަށްފަހުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުނަދޫ އަށް ވަޑައިގެން ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވާ އަދި އިފްތިތާހުކޮށްދެއްވާފައިވެ އެވެ. އެގޮތުން؛
- ފުނަދޫ އާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅުވާލުމުގެ އަމަލީ މަސައްކަތް ފެއްޓެވުން
- ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުން
- ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވުން
- ބީއެމްއެލްގެ އޭޓީއެމް އިފްތިތާހުކޮށްދެއްވުން
- އެ ރަށުގައި ގާއިމްކުރެވޭ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވުން
- ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންހާ އެޅުން
- ފުޓްބޯޅަ ދަނޑު އެޅުމުގެ މަޝްރޫއުގައި ސޮއިކުރުން
- ޒަމާނީ ފެންވަރަށް މަގު ހެދުމުގެ މަޝްރޫއުގައި ސޮއިކުރެއްވުން
- އައިސްޕްލާންޓް ގާއިމްކުރުމުގެ މަސައްކަތުގައި ސޮއިކުރުން
ރައީސް ވިދާޅުވީ އެ ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ނިމި ސަރުކާރުގެ އަމާޒަކީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ކަމަށެވެ. އަދި ގިނަ ހިދުމަތްތަކާއެކު އެ ހޮސްޕިޓަލްގައި ވަޒީފާތައް އިތުރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަފްތާއެއްހާ ދުވަސްތެރޭ ސްކޫލްގެ ތަރައްގީއަށް މަލްޓިޕާޕޯސްގެ މަސައްކަތް ފެށޭނެ ކަމަށާއި އެމަނިކުފާނު ވައުދުވި ގޮތަށް އެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.