ޣައްޒާގައި އިސްރާއީލުން ހިންގި ޤަތުލުޢާންމު ހުއްޓާލައި ޞުލްޙަވެރިކަން ޤާއިމްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައިގެން އެކުލަވައިލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން ޚިޔާނާތްތެރިވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕާއި ޙަވާލާދެއްވައި ވޮޝިންޓަނުގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި "އާ މެދުއިރުމައްޗެއްގެ ތާރީޚީ ފަތިހެއް" ކަމަށް ސިފަކުރެއްވި މި ހަނގުރާމަ ހުއްޓާލުމުގެ ޑީލާއި އިސްރާއީލުން ޚިލާފުވުމުން، އެމެރިކާ އަކަށް އިސްރާއީލު ސަރުކާރުން ހަނގުރާމަ ހުއްޓާލުމުގެ ޝަރުޠުތަކަށް ޢަމަލުކުރާނެ ކަމަކަށް އިޙްސާސް ނުކުރެވެއެވެ. ނަމަވެސް އެމެރިކާއިން ދަނީ އިސްރާއީލުގެ އަސްކަރިއްޔާ އާއި މިކަމުގައި ވާހަކަތައް ދައްކަމުންނެވެ.
ޣައްޒާގެ މީޑިއާ އޮފީހުން ބުނި ގޮތުގައި މި މަހުގެ ކުރީކޮޅު އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އިސްރާއީލުން ވަނީ 47 ފަހަރު ޚިލާފުވެފައެވެ. އޭގެ ސަބަބުން 38 މީހުން ވަނީ ޝަހީދުވެފައެވެ.
ހަނގުރާމަ ހުއްޓާލުން މޮނިޓަރ ކުރުމަށް އެމެެރިކާގެ 200 ސިފައިން އިސްރާއީލުގައި ތިއްބަސް، އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާ ސިޓީއާއި، ޚާން ޔޫނިސް، އަދި ރަފަޙް އަށް އިއްޔެ ވެސް ޙަމަލާ ދީފައެވެ.









