ފުލުހުން ތިލަފުއްޓަށް އަރައިފި، ބެލެވޭ ގޮތުގައި ކޮންޓެއިނަރު މައްސަލައިގެ ތަހުގީގަށް

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 19 އޮކްޓޯބަރު 2025 17:19
ފުލުހުން ބުނެފައިވަނީ ސިގިރޭޓް ކޮންޓެއިނަރު މައްސަލާގައި ތަހުގީގަށް ގިނަ މަސައަކަތްތަކެއް ކުރަމުންދާ ކަމަށް. - ފޮޓޯ: ޚުލާސާ
ފުލުހުން ބުނެފައިވަނީ ސިގިރޭޓް ކޮންޓެއިނަރު މައްސަލާގައި ތަހުގީގަށް ގިނަ މަސައަކަތްތަކެއް ކުރަމުންދާ ކަމަށް. - ފޮޓޯ: ޚުލާސާ
ޚުލާސާ

ބެލެވޭ ގޮތުގައި ފުލުހުން ތިލަފުއްޓަށް އަރާފައިވަނީ ދާދިފަހުން ފެންމަތިވި ސިގިރޭޓް ކޮންޓެއިނަރުގެ މައްސަލާގައި. މި ހާދިސާ ވަރަށް ފުޅާ ދާއިރާއެއްގައި ފުލުހުން ދަނީ ތަހުގީގު ކުރަމުން.

ފުލުހުން ތިލަފުއްޓަށް އަރައިފި އެވެ. ނަމަވެސް ތިލަފުއްޓަށް އަރާފައިވަނީ ކޮން ހާދިސާއަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.

ފުލުހުން ތިލަފުއްޓަށް އަރާފައިވާ ވީޑިއޯ އަކާއި ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ ތަހުގީގަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށާއި. މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި ފުލުހުން ތިލަފުއްޓަށް އަރާފައި މިވަނީ ދާދި ފަހުން އެމްޕީއެލް ތެރެއިން ދެ ކޮންޓެއިނާ ގެއްލުނު މައްސަލާގައި ތަހުގީގު ކުރާތީ އެ ބޭނުމުގަ އެވެ.

ސައުދީ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެތެރެ ކޮށްފައިވަނީ އޭޕްރީލް މަހަގު އެވެ. ކޮންޓެއިނަރުތައް ހިފަހައްޓާފައި ވަނިކޮށް އެމްޕީއެލް ތެރެއިން ގެއްލިފައިވާކަން ފަޅާއެރީ މިދިޔަ ހަފްތާގަ އެވެ.

މި މައްސަލައާ ގުޅިގެން އެކުންފުނިން ހިންގި ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 5 މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ އިރު އިތުރު މުވައްޒަފަކު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެކުންފުނިން އިން ބުނީ މި މައްސަލައިގައި ޝާމިލުވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ، އަހްމަދު އަރީފް (އާއްޓޭ) ގެ އިތުރުން މުހައްމަދު ވަހީދު (ދިގަލި) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކަސްޓަމްސްގެ ކުރީގެ ވެރިޔެއް ކަމަށްވާ މުއާޒް އަލީ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ މިހާރު ވަޒީފާ އަދާކުރަމުން އަންނަ މިފްކޯ އިން ވަނީ އޭނާ ސަސްޕެންޑު ކޮށްފަ އެވެ. ދެން ހައްޔަރު ކޮށްފައިވަނީ ޒިވާރު އިސްމާއިލް ކިޔާ މީހެކެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%