ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް، ސަލްމާން މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމިކް ލައިބްރަރީއަށާއި، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް، ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
މިކަމާ ގުޅިގެން ޒަކާތު ހައުސްއިން ބުނީ، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ސަލްމާން މިސްކިތުގައި ގާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކުރުމެވެ. މި މަސައްކަތަކީ އިސްލާމީ ތައުލީމީ ވަސީލަތްތައް އިތުރުކޮށް، އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީއާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ޒަކާތު ހައުސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ޒަކާތާ ބެހޭ ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މައުލޫމާތު، [email protected] އަށް އީމެއިލްކުރުމުން، ފޮތް ހަދިޔާ ކުރެވޭނެ ހުރިހާ އިންތިޒާމެއް ޒަކާތު ހައުސްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ނުވަތަ އެހީތެރިކަމަށް ބޭނުންވ ފަރާތްތަކުން ޒަކާތު ހައުސްގެ ނަމްބަރު 3021414 އަށް ގުޅައި ނުވަތަ 7328990 ނަމްބަރަށް ވަޓްސް އެޕުން މެސެޖުކުރުމަށް ޒަކާތު ހައުސްއިން ވަނީ އެދިފަ އެވެ.