އަޕްޑޭޓް: ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު 3 ވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ގަޑިއިރު ކުރިން - 19 އޮކްޓޯބަރު 2025 10:34
އަލްމާކް ފިޔަ ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓު ބަންޑުން ޖަހައިލި ސަރަހައްދުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ--- ފޮޓޯ: އެމްއެންޑީއެފް
އަލްމާކް ފިޔަ ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓު ބަންޑުން ޖަހައިލި ސަރަހައްދުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ--- ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

ކޮޅުވެއްޓިން ދަތުރުކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކުރެވުނު ނަމަވެސް ތިން މީހަކު ވަނީ މަރުވެފަ

ހަތް މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ތިންވަނަ މީހާވެސް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން އެކްސްގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ލޭންޑިން ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށްކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހައިލި ހާދިސާގައި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކުރެވިފައިވާއިރު، އަނެއް ތިން މީހުން ސަލާމަތްކުރެވިފައެއްނުވެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%