ޔޫއެންގެ ނިއުކްލިއާ ޤަވާޢިދު އީރާން، ރަޝިޔާ އަދި ޗައިނާއިން މުގުރާލައިފި

ޢަބްދުﷲ ޖުނައިދު | 13 ގަޑިއިރު ކުރިން - 18 އޮކްޓޯބަރު 2025 19:05
ކުއްލި ޚަބަރު: ޔޫއެންގެ ނިއުކްލިއާ ޤަވާޢިދު އީރާން، ރަޝިޔާ އަދި ޗައިނާއިން މުގުރާލައިފި
ކުއްލި ޚަބަރު: ޔޫއެންގެ ނިއުކްލިއާ ޤަވާޢިދު އީރާން، ރަޝިޔާ އަދި ޗައިނާއިން މުގުރާލައިފި
ޚުލާސާ

ޔޫއެންގެ ނިއުކްލިއާ ޤަވާޢިދުތަކަށް އީރާނުން ބޯލަނބަން ނުޖެހޭނެ ކަމަށް ބުނެ އީރާން، ރަޝިޔާ އަދި ޗައިނާއިން އދ. އަށް ސިޓީއެއް ފޮނުވައިފި.

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އ.ދ) އިން އެކުލަވާލާފައިވާ ނިއުކްލިއާ ޤަވާޢިދުތަކަށް އީރާނުން މިހާރު ބޯލަނބާކަށް ނުޖެހޭނެ ކަމަށް ބުނެ އީރާން، ރަޝިޔާ އަދި ޗައިނާއިން އދ. އަށް ގުޅިފައިވާ ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީ މި ފޮނުވީ އީރާނާއި ޗައިނާ އަށް އެމެރިކާ އިން ފުރައްސާރަކުރާ ދަނޑިވަޅެއްގައެވެ.

އީރާނާއި ޗައިނާ އަދި ރަޝިޔާއިން ފޮނުވި ގުޅިފައިވާ ސިޓީގައި ބުނެފައި ވަނީ އދ.ގެ ޖޮއިންޓް ކޮމްޕެރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ދަށުން 2015 ގައި ކަނޑައަޅާފައިވާ ނިއުކްލިއާ ހުރަސްތަކަށް މިހާރު އީރާނުން ތަބާވާކަށް ނުޖެހޭނެ ކަމަށެވެ.

އ.ދ.ގެ ދައުރަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މޮނިޓަރ ކުރުމާއި، މެމްބަރު ޤައުމުތަކަށް ރިޕޯޓް ކުރުމެވެ.

އީރާނުން މިހާރު މަސައްކަތް ކުރަނީ ނިއުކްލިއާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ރިޕޯޓުތަކުން ލަފާ ކުރެއެވެ. ނަމަވެސް ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމެއް އީރާނަކުން ފާޅުގައި މިހާތަނަކަށް ބުނެފައެއް ނެތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

4 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%