Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ޒުވާނުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ފަށައިފި

މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ޒުވާނުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
317 ދުވަސް ކުރިން - 18 އޮކްޓޫބަރު 2025 17:12
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވެވޭނީ ފަސް ޒުވާނަކަށް. - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވެވޭނީ ފަސް ޒުވާނަކަށް. - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޚުލާސާ

އީ ވޯލްޑް ބޭންކުގެ އެހީގައި ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތް-ވެސްޓް އިންޑިއަން އޯޝަް ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮގްރާމެއް.

ދިވެހި ޒުވާނުންގެ މެދުގައި ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީ އިން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ހިންގާ މި ޕްރޮގްރާމުގައި ފަންނީ މައުލޫމާތުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރު ޖެނުއަރީގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ މަގްސަދަކީ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން ތަމްރީނާއި ހުނަރު އުނގެނި ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުވެ.

މި ތަމްރީނު ޕްރޮގްރާމުގެ މުއްދަތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ކޮންމެ ދުވަހަކު އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. ފުރަތަމަ ބުރުގައި ބައިވެރިވުމަށް ފުރުސަތު ދެނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ ފަސް ޒުވާނަކަށެވެ.

Advertisement

Advertisement 1

ރާއްޖޭގެ މަސްވެރިކަން ކުރިއަރުވާ އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އަދި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރާ ކަމެކެވެ. މިފަދަ ޕްރޮގްރާމެއް އިންތިޒާމް ކުރުމަކީ އޭގެ އެންމެ އަލިގަދަ އެއް ހެއްކެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީގައި ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތް-ވެސްޓް އިންޑިއަން އޯޝަް ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

މީގެ ކުރިން މަސްވެރިކަމުގައި އުޅުމަށްފަހު މަސްވެރިކަމުން ދުރަށްގޮސް ތިބި މީހުން އަލުން އަނބުރާ މަސްވެރިކަމަށް ނެރުމުގެ މަގުސަދުގައި މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން އިންވެސްޓު ކޮށް މި ދާއިރާއަށް އަލަށް މީހުން ވެއްދުމަށް އިންވެސްޓް ކުރައްވާނެ ކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ؛

  1. މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރުން
  2. އުމުރުން 24 އަހަރު ދަށުގެ ފަރާތެއް ކަމުގައި ވުން
  3. މިނިސްޓްރީގެ މަސްވެރިންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތެއް ކަމުގައި ނުވުން

ބައިވެރިވުމަށް ހުށަހަޅަން ޖެހޭ ތަކެތި؛

  1. ބައިވެރިވުމަށް އެދޭ ފޯމް (މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. 18 އަަހަރުން ދަށް ނަމަ ބެލެނެވެރިޔާގެ ހުއްދަ އޮތްކަމުގެ ލިޔުން

ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 23 އޮކްޓޫބަރު 2025 ގެ ކުރިންނެވެ. މަތީގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް އަދި އެހެނިހެން ޑޮކިއުމެންޓުތައް ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށެވެ.

އީމެއިލް: ahsan.mohamed@fisheries.gov.mv ، maryam.ruva@fisheries.gov.mv ނުވަތަ transform.procurement@fisheries.gov.mv އަށް.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ: 3339276

މަސްވެރިކަންމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްމިނިސްޓަރު އަހްމަދު ޝިޔާމްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

5 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

6 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

6 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

6 ގަޑިއިރު ކުރިން - 16:42