Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރަޙައްދަށް އަރަން މަސައްކަތް ނުކުރުމަށް ބުނެ ޗައިނާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި!

ސަރަޙައްދަށް އަރަން މަސައްކަތް ނުކުރުމަށް ބުނެ ޗައިނާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި!

ޢަބްދުﷲ ޖުނައިދު
280 ދުވަސް ކުރިން - 18 އޮކްޓޫބަރު 2025 16:36
ކުއްލި ޚަބަރު: ސަރަޙައްދަށް އަރަން މަސައްކަތް ނުކުރުމަށް ބުނެ ޗައިނާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި
ކުއްލި ޚަބަރު: ސަރަޙައްދަށް އަރަން މަސައްކަތް ނުކުރުމަށް ބުނެ ޗައިނާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި
ޚުލާސާ

އެމެރިކާއިން ޓައިވާނަށް 1 ބިލިއަން ޑޮލަރުގެ ހަތިޔާރު ދިނުމަށް ނިންމައި ޓައިވާނާއެކު ޗައިނާ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާން އުޅޭތީ ޗައިނާއިން އެމެރިކާއަށް އިންޒާރުދީފި.

އެމެރިކާއިން ޓައިވާނަށް އެއްބިލިއަން ޑޮލަރުގެ ހަތިޔާރު ދިނުމަށް ނިންމައި ޓައިވާނާއެކު ޗައިނާ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާން ނިންމުމާއި އެކު، “ރަތް ރޮނގު” ހުރަސް ކޮށްފި ނަމަ އެމެރިކާ އަށް ހިތި ދައްކާލާނެ ކަމަށް ބުނެ ޗައިނާއިން އެމެރިކާއަށް އިންޒާރުދީފިއެވެ.

އެމެރިކާއިން ޓައިވާނަށް އެއް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ފާސްކުރުމަށްފަހު އެ ޤައުމަށް ހުށަހެޅީ ކަނޑުގެ ތަމްރީނުތަކުގައި ބައިވެރިވުމަށެވެ. އެއީ ޗައިނާއިން ދީފާނެ ޙަމަލާއަކުން ޓައިވާންގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަށެވެ.

ޗައިނާ ޤަބޫލުކުރާ ގޮތުގައި އެމެރިކާއިން މަސައްކަތްކުރަނީ ޗައިނާ އަށް ބިރު ދެއްކުމަށެވެ. އެމެރިކާއިން ފާސްކުރި މި ބޮޑު އަސްކަރީ އެހީގެ ސަބަބުން ޓައިވާނަށް ޒަމާނީ ޑިފެންސް ސިސްޓަމްތަކާއި ރާޑަރާއި މިސައިލް ފޮނުވުމުގެ ފުރުޞަތު އެމެރިކާއަށް ލިބިގެންދާމެއެވެ.

Advertisement

Advertisement 1

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާއިން ކުރަމުން ގެންދާ ކަންތަކަށް ބެއިޖިން އިން ޖަވާބުދާރީވުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

މަސްދަރުތަކުން ބުނަނީ ޖަޕާނާއި އޮސްޓްރޭލިއާ އަދި ދެކުނު ކޮރެއާ ފަދަ ޤައުމުތައް ބައިވެރިވާ ޕެސިފިކްގެ ބޮޑު ޑްރިލްއެއް ކަމަށްވާ “ރިމްޕެކް ނޭވަލް އެކްސަސައިޒް” ގައި ޓައިވާނުން ބައިވެރިވެދާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ޑިފެންސް އޮފިޝަލަކު ދީފައިވާ ކަމަށެވެ. އެހެން ކަމަށް ވާނަމަ މިއީ ޗައިނާގެ ނުފޫޒު އޮންނަ ދާއިރާގެ ކައިރީގައި ބެއިޖިންގ ސަރުކާރަށް ކުރިމަތިވާ ސީދާ އަސްކަރީ ގޮންޖެހުމެއް ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ދުނިޔެކުއްލި ޚަބަރުޗައިނާ
Advertisement
Advertisement

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މުހައްމަދު އިބުރާހިމް މުހައއމަދު ދީދީ

279 ދުވަސް ކުރިން - 22:27

ދުނިޔޭގެ ހުރިހާބާރަކީ އެމެރިކާޔަށްހެދުށް އެމރިކާބޭނުމެވެ އެގޮތުށް ފައިސާއާއި ރީތިއަށްހެނުށް މުސްލިމު ގައުމުތަކައް ބޮޑެތިމަޖަނުންނާއި ވެރީންނައް ހަދީޔާކޮއް މުސްލިމުގައުމު އަޅުވެތިކޮއް މުސްލިމުށްގެލީޑަރށްތައި ދުނިޔެޔާއިވަކިކޮއްލުމީ އެމެކާގެ ސިޔާސަތެވެ ޗައިނާއޮތީ ނުނިދައެވެ ހަދާންނެތިނުވާވަރުގެ ފިލާވަޅެއް އެމެރިކާޔައްދިނުމަކީ އުފާކުރާކަމެކެވެ؛؛؛

ގުޅޭ ޚަބަރުތައް

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

1 ދުވަސް ކުރިން - 16:04

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

2 ދުވަސް ކުރިން - 20:16

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

6 ދުވަސް ކުރިން - 13:25

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

7 ދުވަސް ކުރިން - 14:01

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

8 ދުވަސް ކުރިން - 16:01