Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕާކިސްތާނާއި އަފްޣާނިސްތާނުގެ މަޝްވަރާތަކަށް ވަފްދުތައް ޤަޠަރަށް ވަޑައިގެންފި

ޕާކިސްތާނާއި އަފްޣާނިސްތާނުގެ މަޝްވަރާތަކަށް ވަފްދުތައް ޤަޠަރަށް ވަޑައިގެންފި

ޢަބްދުﷲ ޖުނައިދު
325 ދުވަސް ކުރިން - 18 އޮކްޓޫބަރު 2025 16:18
ޕާކިސްތާނު ސިފައިންގެ ޙަމަލާތަކުގައި މަރުވި މީހުން ވަޅުލުމަށް އަފްޣާނިސްތާނުގެ ޢާންމުންގެ މީހަކު ކަށްވަޅު ކޮންނަނީ / ފޮޓޯ: އޭއެފްޕީ
ޕާކިސްތާނު ސިފައިންގެ ޙަމަލާތަކުގައި މަރުވި މީހުން ވަޅުލުމަށް އަފްޣާނިސްތާނުގެ ޢާންމުންގެ މީހަކު ކަށްވަޅު ކޮންނަނީ / ފޮޓޯ: އޭއެފްޕީ
ޚުލާސާ

ޤަޠަރު އިސްވެ އޮވެ ކުރިޔަށްދާ މަޝްވަރާގެ މަޤްޞަދަކީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމާއި، ޕާކިސްތާނުގެ ޝަކުވާތަކަށް ޙައްލެއް ހޯދުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމް ހުއްޓުވުމަށް ފިޔަވަޅުއެޅުން.

ޕާކިސްތާނާއި އަފްޣާނިސްނާއި ދެމެދު ހިނގަމުންދާ ޙަމަލާބަދަލުކުރުންތައް ހުއްޓާލައި ޞުލްޙަ ވުމަށްޓަކައި މަޝްވަރާ ކުރުމަށް އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓް ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުއްލާ މުޙައްމަދު ޔަޢްޤޫބް ހިމެނޭހެން، ދެޤައުމުގެ މަތީ ފެންވަރުގެ ވަފްދެއް ޤަޠަރުގެ ވެރިރަށް ދޯހާ އަށް މިއަދު ވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ވަފުދުގައި އެ ޤައުމުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުޙައްމަދު އާޞިފާއި އިންޓެލިޖެންސް ޗީފް ޖެނެރަލް އާޞިމް މާލިކު ހިމެނޭ ކަމަށް މަސްދަރުތަކުން ބުނެއެވެ.

އެއް ބޯޑަރެއް ހިއްސާކުރާ މި ދެޤައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދެޤައުމަށް ވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު އިސްލާމްއާބާދުން ތުހުމަތު ކޮށްފައި ވަނީ އިންޑިއާ އަޑީގައި އޮވެގެން ޠާލިބާނުން ލައްވައި ޕާކިސްތާނަށް ޙަމަލާ ދެނީ ކަމަށެވެ.

Advertisement

Advertisement 1

ޚަބަރުތައް ބުނާ ގޮތުގައި ޤަޠަރު މެދުވެރިވެ ބާއްވާ ދޯހާ ބައްދަލުވުމުގެ މަޤްޞަދަކީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމާއި، ޕާކިސްތާނުގެ ޝަކުވާތަކަށް ޙައްލެއް ހޯދުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމެވެ.

މައްސަލަ ހޫނުވެފައިވާ މި ދެޤައުމާއި ބެހޭ ގޮތުން ނުރަސްމީ ބައެއް މަސްދަރުތަކުން ބުނަނީ ޕާކިސްތާނުން ޠާލިބާން ސަރުކާރަށް ޙަމަލާ ދެނީ ބޭރުގެ ނުފޫޒެއް އެކަމުގައި މެދުވެރިވެގެންނެވެ. އަސި ތުހުމަތުގެ އިނގިލި ދިގުކުރަމުންދަނީ ސީދާ އެމެރިކާ އަށެވެ. ނަމަވެސް މި ވާހަކަތަކުގައި ސާބިތު ހިފޭ ކަށަވަރު ހެއްކެއް ނުފެނެއެވެ.

ގަތަރުއަފްޣާނިސްތާންޕާކިސްތާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ ބަހަށް އީރާނާއި ކުޅެލުމުން ޤަޠަރުގެ އިޤްތިޞާދުން 24 ބިލިއަން ޑޮލަރު ގެއްލިއްޖެ

އީރާނާއި ކުޅެލުމުން ޤަޠަރުގެ އިޤްތިޞާދުން 24 ބިލިއަން ޑޮލަރު ގެއްލިއްޖެ

13 ދުވަސް ކުރިން - 13:12

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

13 ދުވަސް ކުރިން - 09:54

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

48 ދުވަސް ކުރިން - 15:04

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

51 ދުވަސް ކުރިން - 13:25

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

52 ދުވަސް ކުރިން - 19:54

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

56 ދުވަސް ކުރިން - 10:54