ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ ސެކޭމެއް

މުހައްމަދު ޖަމްޝަތު | 3 ގަޑިއިރު ކުރިން - 18 އޮކްޓޯބަރު 2025 14:29
ގެދޮރުވެރިޔާ ސްކީމުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ---
ގެދޮރުވެރިޔާ ސްކީމުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ---
ޚުލާސާ

މެސެޖުގައިވާ ލިންކްތަކަށް ނުފީއްތުމަށާއި އެހެން ފަރާތްތަކާ މެސެޖު ހިއްސާ ނުކުރުމަށާއި އެޗްޑީސީގެ ރަސްމީ ޗެނަލްތަކުން މެސެޖުތައް ޔަގީންކުރުމަށް ފުުލުހުން އިލްތިމާަސްކުރޭ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ ފޮނުވަމުންދާ މި މެސެޖުތަކުގައި ހިމެނޭ ލިންކްތަކަކީ ރައްޔިތުންގެ ޒާތީ މައުލޫމާތާއި ޕާސްވޯޑުތައް ވަގަށް ނެގުމަށް ތައްޔާރުކޮށްފައިވާ "ފިޝިން" ލިންކްތަކެއް ކަމަށެވެ. އަދި މި މެސެޖުތައް ފެންނަން ހުންނަނީ އެޗްޑީސީން ފޮނުވާ މެސެޖުތަކާ އެއްގޮތަށް ކަމުގައިވީ ނަމަވެސް، މިއީ އެޗްޑީސީގެ ރަސްމީ މެސެޖުތަކެއް ނޫންކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން އެ މެސެޖްގައިވާ ލިންކަށް ނުފިތުމަށާއި އެކަން އެހެން ފަރާތްތަކަށް އަންގައިދިނުމަށް ވެސް ފުލުހުން އެދިފައިވެ އެވެ. އަދި އެޗްޑީސީގެ ފަރާތުން ފޮނުވާފައިވާ މެސެޖެއްކަން އެ ކުންފުންޏައް ގުޅައި ވެރިފައިކުރުމަށް ވެސް އަންގާފައި ވެއެވެ..

އެޗްޑީސީގެ ނަމުގައި ފޮނުވަމުންދާ ފޭކް މެސެޖްތަކުގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖޭގައި ސްކޭމްތައް މައްސަލަތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އެފަދަ ސްކޭމްތަކުން ރައްކާތެރިވެ ހޭލުންތެރިވެ ތިބުމަށް ފުލުހުން އާންމުނަނށް އިލްތިމާސްކުރެއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%