ހުޅުމާލެ ފޭސް 1 ގައި ހުރި އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

އަދި މި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 08:49 ހާއިރު ކަމަށާއި، އެއާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިގޮތުން ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 09:25 ހާއިރު ކަމަށް މައުލޫމާތުދީފައިވެ އެވެ.

ހާދިސާ ހިނގި އެޕާޓްމަންޓުގެ ކޮޓަރި އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. - ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް އެމްއެންޑިއެފްއިން ބުނެފައިވެ އެވެ. ނަމަވެސް އެ އެޕާޓްމަންޓުންގެ އެއް ކޮޓަރިއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތުދީފައިވެ އެވެ.