ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ ހުރިހާ ރައްޔިތުން އެނބުރި ވަޒަނަށް ދިޔުމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުޙައްމަދު އާސިފް އަމުރުކޮށްފިއެވެ.
މިނިސްޓަރު ވަނީ ތާލިބާނުން އިންޑިޔާއާއި ގުޅިގެން ޕާކިސްތާނާއި ދެކޮޅަށް ނުރައްކާތެރި ރޭވުންތައް ރާވާކަމަށް ތުހުމަތުކޮށްފައެވެ. އަދި ވިދާޅުވީ، މިހާރު ޕާކިސްތާނަށް ކާބުލްއާއި ގުޅުން ވެސް ބޭއްވޭކަށް ނެތް ކަމަށެވެ.
ޕާކިސްތާނުގައި މިރޭ ނުރައްކާތެރި އެތައް ގޮވުންތަކެއް ގޮވާފައިވާއިރު ހުޅަނގު އުތުރުގެ ބޯޑަރު ސަރަޙައްދަށް ވަނީ ލޮޅުން އަރާފައެވެ. ވަޒީރުސްތާނުގެ މީރު އަލީގައި ހުންނަ ޕާކިސްތާނުގެ އަސްކަރީ މަރުކަޒެއްގައިވެސް ޖާނުންފިދާވުމުގެ ޙަމަލާއެއްދީ ޕާކިސްތާނުގެ ހަތްސިފައިން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.