45 މީހެއްގެ ހަށިގަނޑު ޙަވާލުކުރިއިރު ދަންޖެއްސި ވާގަނޑުވެސް ކަރުގައި!

ޢަބްދުﷲ ޖުނައިދު | 11 ގަޑިއިރު ކުރިން - 16 އޮކްޓޯބަރު 2025 23:31
ޔަހޫދީން ވަގަށްނަގައިގެން ގޮސް ޝަހީދުކޮށްލި ޣައްޒާ ރައްޔިތުންގެ ހަށިގަނޑުތައް ޙަމާސް އާއި ޙަވާލުކުރަމުންދާއިރު، ބޭގުގައި ވަނީ ކާކުކަން ދެނެގަންނަން އުނދަގޫ ކަމަށް ޙަމާސް އިން ބުނޭ / ފޮޓޯ: ބީބީސީ
ޔަހޫދީން ވަގަށްނަގައިގެން ގޮސް ޝަހީދުކޮށްލި ޣައްޒާ ރައްޔިތުންގެ ހަށިގަނޑުތައް ޙަމާސް އާއި ޙަވާލުކުރަމުންދާއިރު، ބޭގުގައި ވަނީ ކާކުކަން ދެނެގަންނަން އުނދަގޫ ކަމަށް ޙަމާސް އިން ބުނޭ / ފޮޓޯ: ބީބީސީ
ޚުލާސާ

އިސްރާއީލުން ވަގަށްނަގައި ޝަހީދުކޮށްލި ޣައްޒާގެ ރައްޔިތުންގެ ހަށިގަނޑުތައް ޙަވާލުކުރަމުންދާއިރު ބޮޑެތި އަނިޔާތައް ފެންނަން އެބަހުރި. އަތްފައި ބުރިކޮށް ލޮލާއި ތަންތަން ކޮނެފައިވާއިރު ދަންޖެއްސި ވާގަނޑުވެސް ކަރުގައި.

ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ޒައެނިސްޓުން ރަހީނުކޮށް ޝަހީދުކޮށްލާފައިވާ ޣައްޒާ ރައްޔިތުންގެ ތެރެއިން 45 މީހެއްގެ ހަށިގަނޑު ޙަމާސް އާއި ޙަވާލުކޮށްލާފައި ވާއިރު، އޭގެތެރެއިން ބައެއް މީހުންގެ ގުނަވަންތައް ބުރިކޮށްލާފައިވާއިރު ދަންޖައްސާލާފައިވާ ވާފަށް ވެސް ކަރުގައި އޮތްކަން ޙަމާސްގެ މަސްދަރުތަކުން ބުނެފިއެވެ.

އެމެރިކާ އިސްވެ އޮވެ އެކުލަވައިލި އެއްބަސްވުމުގެ ދަށުން އޮކްޓޯބަރު 9 ގެ އެއްބަސްވުމެއްގެ ދަށުން ޣައްޒާއަށް 45 ހަށިގަނޑު ޙަވާލުކުރިއިރު، މިދިޔަ މަހު ޙަވާލުކުރި 45 ހަށިގަނޑާއި އެކު މިހާތަނަށް ޙަވާލުކުރި ހަށިގަނޑުގެ ޢަދަދު ވަނީ 90 އަށް އަރާފައެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސް މެދުވެރިކޮށް ފޮރެންސިކް ތަޙްލީލް ކުރުމަށްފަހު ޚާން ޔޫނިސްގެ ނާޞިރު ހޮސްޕިޓަލަށް މިއަދު ގެނެސްފައިވާ ގިނަ ހަށިގަނޑުތަކުގައި އާދަޔާއި ޚިލާފު ބޮޑެތި ޒަޚަމްތައް ހުރިއިރު އޭގެ ތެރޭގައި ލޯ ކޮނެ، އަތްފައި ބުރިކޮށް އަދި ދަންޖައްސާފައިވާ ކަމުގެ ނިޝާންތައް ފެންނަން އެބަހުއްޓެވެ.

ޣައްޒާއިން ވަގަށް ނަގައިގެން ގެންގޮސް ޝަހީދުކޮށްލާފައިވާ ގިނަ މީހުންނަކީ މެދު ޢުމުރުގެ ފިރިހެނުންނެވެ.

ހަށިގަނޑުތައް ބަދަލުކުރުމުގައި އެއްބަސްވެފައިވާ އުޞޫލަކީ ޙަމާސްގެ ބެލުމުގެ ދަށުގައިވާ އިސްރާއީލުގެ ކޮންމެ ހަށިގަނޑަކަށް އިސްރާއީލުން ޝަހީދުކޮށްލާފައިވާ ޣައްޒާގެ 15 މީހުންގެ ހަށިގަނޑު ޙަވާލުކުރާ ގޮތަށެވެ.

އިސްރާއީލުން މިހާތަނަށް ޙަވާލުކޮށްފައިވާ ހަށިގަނޑުތަކުގެ ތެރެއިން ކަށަވަރުވެފައި ވަނީ ދިހަވަރަކަށް މީހުންގެ ހަށިގަނޑު ކަމަށްވާއިރު، ޙަމާސުން ބުނީ ބޮޑީބޭގުތަކުގައި އިސްރާއީލުން ނަން ވެސް ނުޖަހާ ކަމަށާއި ލިޔެފައިވަނީ ކޯޑުނަމްބަރެއް ކަމަށްވާތީ އެ މީހުންގެ އައިޑެންޓިޓީ ދެނެގަންނަން ވެސް ދަތިވެފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%