ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 16 ގަޑިއިރު ކުރިން - 16 އޮކްޓޯބަރު 2025 18:48
ހުޅުމާލޭގެ ސަރަހައްދެއްގައި ހަލާކުވެފައި ހުރި ބޭނުން ނުކުރާ ސައިކަލެއް. - ފޮޓޯ: ޕޮލިސް
ހުޅުމާލޭގެ ސަރަހައްދެއްގައި ހަލާކުވެފައި ހުރި ބޭނުން ނުކުރާ ސައިކަލެއް. - ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން މި މަސައްކަތް ފަށާފައިވަނީ އެޗްޑީސީ އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މި މަހު 14 ވަނަ ދުވަހު.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ހިންގާ މި އޮޕަރޭޝަނުގައި މިހާތަނަށް 716 އުޅަނދެއްގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށާއި މީގެ ތެރޭގައި ހިމެނެނީ ކާރާއި، ސައިކަލާއި، ޕިކަޕުގެ އިތުރުން ވޭނެވެ. މި އުޅަނދުގެ ތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައި ވެއެވެ.

ހުޅުމާލޭގައި ހަލާކުވެފައި ހުރި ބޭނުން ނުކުރާ ކާރުތަކެއް. - ފޮޓޯ: ޕޮލިސް

ދުވަހަކަށް ވުރެ ދުވަހެއް މީހުންގެ އާބާދީ އިތުރުވަމުންދާ ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުންނާއި، ހުޅުމާލޭގެ ބެލެނެވެރި ފަރާތް ކަމަށްވާ އެޗްޑީސީ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގިނަ ދުވަސްވެ ހަލާކުވެފައިވާ އުޅަނދުތައް އަމިއްލަ އަށް ނައްތާލުމަށް އެ އުޅަނދެއްގެ ވެރިފަރާތުން ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ފޭސް-2 ގައި އަޅާފައި ހުރި ސޯޝަލް ހައުސިންގ ސަރަހައްދުތަކުގައި ޕާކު ކުރާނެ ޖާގައެއް ހޯދުން އެއީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އެހެންކަމުން އެމީހެއްގެ ބޭނުން ނުކުރާ އުޅަނދެއް ހުރިކަމުގައި ވާނަމަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ އުޅަނދެއް ނައްތާލައި، ހުޅުމާލެ އަކީ ހިތްފަސޭހަ ޖާގަ ތަނަވަސް ތަނެއްގެ ގޮތުގައި ހެދުން މުހިންމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%