ވިއްސާރައިގައި ގެމަނަފުށި ގެއަކަށް ބޮޑެތި ގެއްލުންތަކެއް

އައިޝަތު ރުވާ ރިފްޢަތު | 17 ގަޑިއިރު ކުރިން - 16 އޮކްޓޯބަރު 2025 17:33
ވިއްސާރައިގައި ގެއްލުންވި ކޮލަމާފުށި، އައިޝާ ކެފޭ. - ފޮޓޯ: ޚުލާސާ
ވިއްސާރައިގައި ގެއްލުންވި ކޮލަމާފުށި، އައިޝާ ކެފޭ. - ފޮޓޯ: ޚުލާސާ
ޚުލާސާ

މުޅި ރާއްޖެ އަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި ގެއްލުންވެފައިވަނީ ގއ. ގެމަނަފުށި، އައިޝާ ކެފޭ އަށް.

މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގއ. ގެމަނަފުށި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ގެއްލުން ވެފައިވަނީ އެ ރަށު އައިޝާ ކެފޭ ނަމަކަށް ކިޔާ ގެއެކެވެ. ކުރިން ކެފޭ އެއްގެ ގޮތުގައި ހިންގި މި ގެއަށް ގެއްލުންވެފައިވަނީ މިއަދު މެންދުރު ފަހު 12:30 ހާއިރު އެވެ. ޚުލާސާ އަށް ގޭގެ ވެރިފަރާތުން މައުލޫމާތު ދިން ގޮތުގައި ވިއްސާރައިގައި އެ ގޭގެ ދެ ކޮޓަރިއަކަށް ބޮޑެތި ގެއްލުންވެ ދެ އޭސީ އަށާއި ކަރަންޓު ވައިރިންގ އަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ ގާތްގަނޑަކަށް ހަލާކުވެފައި ކަމަށެވެ.

ވިއްސާރައިގައި ގެއްލުންވި ކޮލަމާފުށި، އައިޝާ ކެފޭ. - ފޮޓޯ: ޚުލާސާ

މި ހާދިސާގައި ގެމަނަފުށި ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަމަށް ގޭގެ ވެރިފަރާތުން މައުލޫމާތު ދީފައިވެ އެވެ. އަދި މި ހާދިސާ ގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ ހިނގާފަ އެވެ. ރޭ ދަންވަރު ކޮޅުވެއްޓިއެއް ބަނޑުން ޖަހާލައި އޭގެން ދަތުރު ކުރި ދެ މީހުން ނިޔާވެފައިވާއިރު ގެއްލިފައިވާ އެކަކު އަދިވެސް ނުފެނެ އެވެ.

ހާދިސާ ތަކުން ސަލާމަތްވުމަށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ބޯލެނބުމަށް އެ ފަރާތްތަކުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%