ރޭގެ ދަންވަރު ވަގުތެއްގައި ހަތް މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހުންގެ ތެރެއިން ފެނިފައިވާ ދެވަނަ މީހަކީ އިންޑިއާ އަށް ނިސްބަތްވާ މީހެއްކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރު ކޮށްދީފި އެވެ.
ބުދަ ދުވަހުގެ ރޭ ދަންވަރު ބަންޑުން ޖަހާލާފައިވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެކެވެ. މި ލޭންޑިންގައި ހަތް މީހަކު ދަތުރު ކޮށްފައިވާ އިރު އޭގެ ތެރެއިން ހަތަރު މީހަކު އެމްއެންޑީއެފް އިން ވަނީ ސަލާމަތްކޮށްފަ އެވެ. ގެއްލިފައިވާ ދެ މީހުންގެ ތެރެއިން އެކަކު މިއަދު ހެދުނުގެ ވަގުތެއްގައި ވަނީ ފެނިފަ އެވެ. އެއީ ގއ. ދާންދޫ/ސަރުސޫނުގެ، އަހްމަދު ޝިފާން އެވެ. ގެއްލިފައިވާ ތިން ވަނަ މީހަކީ ލަންކާ އަށް ނިސްބަތްވާ މީހެކެވެ. އޭނާ އަދިވެސް ފެނިފައެއް ނުވެ އެވެ.
މި ހާދިސާ އަށްފަހު މިއަދު މެނދުރު ފަހު މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔާވާތީ އެމްއެންޑީއެފް ގެ ކޯސްޓް ގާޑުން ވަނީ އެ ސަރަހައްދަށް ގޮސް އޭގެން ދަތުރުކުރި ފަސް މީހުން ވެސް ސަލާމަތްކޮށްފަ އެވެ.
މުޅި ރާއްޖެ އަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ކަމާބެހޭ އިދާރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.