Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކަމާބެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ނުކުރަން އިލްތިމާސްކޮށްފި

ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކަމާބެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ނުކުރަން އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
237 ދުވަސް ކުރިން - 16 އޮކްޓޫބަރު 2025 15:39
މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް އަޑިއަށް ދަނީ. މޫސުން ގޯސްވެފައިވާތީ ދަތުރު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުން. - ފޮޓޯ: އެމްއެންޑީއެފް
މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް އަޑިއަށް ދަނީ. މޫސުން ގޯސްވެފައިވާތީ ދަތުރު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުން. - ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވެސް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފައިވޭ.

މުޅި ރާއްޖެ އަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އަނެއްކާ ވެސް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މޫސުން ގޯސްވެފައިވާ މި ދުވަސްވަރަކީ ރާއްޖެ އަށް މޫސުން ގޯސް ކަނޑުގަދަ، ވައިބާރު، ވިއްސާރަ ދުވަސްވަރެއްކަމުން، މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނުކުރުމަށާއި، ދަތުރެއް ކޮންމެހެން ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އަންގައި އަދި މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށެވެ. ދަތުރުކުރާ އިރު ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަ ހިއްކާ ޕަންޕު ފަދަ ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށްވެސް ވެސް އެމްއެންޑީއެފް އިން އިލްތިމާސްކުރި އެވެ. އަދި މުދާ އުފުލާ އުޅަނދުފަަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް އެ މުއައްސަސާއިން އިލްތިމާސްކުރެ އެވެ.

Advertisement

Advertisement 1

ރޭގަނޑު ދަތުރުފަތުރު ނުކުރުމަށާއި މޫސުން ތަންނުދޭ ނަމަ މޫސުން ރަނގަޅުވަންދެން ދަތުރުފަތުރު ނުކޮށް ފަސްކޮށްލެއްވުމަށާއި އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް މީގެ ކުރިން ވެސް އެމްއެންޑީއެފް އިން އިލްތިމާސްކުރި އެވެ.

އެމްއެންޑީއެޕް އަދި ކަމާބެހޭ ފަރާތްތަކުން ވިއްސާރަ ގަދަވެފައިވާ މި ދަނޑިވަޅުގައި ދަތުރު ނުކުރުމަށް ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ. ރޭގެ ވަގުތެއްގައި "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަނޑުންޖަހާލާ އޭގެން ދަތުރުކުރި އެކަކު ވަނީ ނިޔާވެފަ އެވެ. ދެ މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. މުޅި ޖުމްލަ ހަތް މީހަކު އެ ކޮޅުވެއްޓިން ދަތުރުކޮށްފައިވާއިރު ހަތަރު މީހަކު އެމްއެންޑީއެފް ގެ ކޯސްޓް ގާޑުން ވަނީ ސަލާމަތްކޮށްފަ އެވެ.

އަދި މިއަދު މެނދުރު ފަހު މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔާވާތީ އެމްއެންޑީއެފް ގެ ކޯސްޓް ގާޑުން ވަނީ އެ ސަރަހައްދަށް ގޮސް އޭގެން ދަތުރުކުރި ފަސް މީހުން ވެސް ސަލާމަތްކޮށްފަ އެވެ.

އެމްއެންޑީއެފްމޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)ކަނޑުމަތީގެ ހާދިސާވިއްސާރަ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

1 ގަޑިއިރު ކުރިން - 10:10

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

5 ދުވަސް ކުރިން - 18:46

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

5 ދުވަސް ކުރިން - 12:25

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

7 ދުވަސް ކުރިން - 15:33

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

11 ދުވަސް ކުރިން - 17:51