ބަލައިފާސްކުރަނިކޮށް މަސްތުވާތަކެތި ދިރުވައިލި އަންހެނަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ދުވަސް ކުރިން - 16 އޮކްޓޯބަރު 2025 16:54
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު މީހާ. މީނާ ހައްޔަރުކުރެވުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު މީހާ. މީނާ ހައްޔަރުކުރެވުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

މަސްތުވާތަކެތި ދިރުވާލުމުން ހައްޔަރުކުރި އާމިނަތު ނިސާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހައިފަ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ތ. ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި / ވިލާ، އާމިނަތު ނިސާ (40އ) ކަމަށެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އާމިނަތު ނިސާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އޭނާ ބަލައިފާސްކުރަން އުޅުނު ވަގުތު އޭނާގެ ހަށިގަނޑުގެ ތެރެއިން ބިންމައްޗަށް ވެއްޓުނު އެއްޗެއް ނަގައި ވަނީ ދިރުވާލައިފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފަ އެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 30 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%