Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާއުނގޫދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހެދުމަށް ގަސްދުކުރައްވަން: ރައީސް

މާއުނގޫދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހެދުމަށް ގަސްދުކުރައްވަން: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
318 ދުވަސް ކުރިން - 16 އޮކްޓޫބަރު 2025 14:06
ރައީސް މުއިއްޒު. އެ ރަށުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު އެއީ، 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހެއްދެވުމަށް ގަސްތުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު. އެ ރަށުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު އެއީ، 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހެއްދެވުމަށް ގަސްތުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގައި ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންނާއެކުގައިކަމަށް ރައީސް ވިދާޅުވި

މާއުނގޫދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހެދުމަށް ގަސްދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މި މޭރުމުން ވިދާޅުވީ އެމަނިކުފާނު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެފަހުގެ މަންޒިލެއްގެ ގޮތުން އެ އަތޮޅު މާއުނގޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި، މޫސުން ތަންނުދިނުމުގެ ސަބަބުން، މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުތައް ނުބޭއްވުނު ނަމަވެސް، އެ މަޝްރޫއުތައް ފައްޓަވައިގެން ކުރިއަށް ގެންގޮސް ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ރަށުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު އެއީ، 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހެއްދެވުމަށް ގަސްތުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement 1

ސިއްހީ މަރުކަޒުގެ އިތުރުން ވެސް އެ ރަށުގެ ތަރައްގީއަށް އެތަށް މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. ރައީސް މާއުނގޫދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ ރަށު ކައުންސިލްގެ އާ އިމާރާތުގެ މަސައްކަތާއި، ސްކޫލްގެ އާ އިމާރާތުގެ މަސައްކަތާއި، ގުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އިމާރާތްކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ އަމަލީގޮތުން ފަށައިފަ އެވެ.

މާއުނގޫދޫގައި މިހާރުވެސް ކުރިއަށްދާ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާނެ ކަމަށެވެ. މީގެ އިތުރުން ބަނދަރު މަޝްރޫއު އެ ރަށުގެ ރައްޔިތުން އެދޭގޮތަށް ހައްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުށ. މާއުނގޫދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

13 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

13 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

13 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

22 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

2 ދުވަސް ކުރިން - 08:31