ގެއްލުނު ލޭންޑިންގ ކްރާފްޓުން ދަތުރުކުރި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އައިޝަތު ރުވާ ރިފްޢަތު | 17 ގަޑިއިރު ކުރިން - 16 އޮކްޓޯބަރު 2025 17:06
އަލްމާކް ފިޔަ ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓުން ދަތުރު ކުރި މޫހުން އެމްއެންޑީއެފް އިން ސަލާމަތްކުރަނީ. ފޮޓޯ: އެމްއެންޑީއެފް
އަލްމާކް ފިޔަ ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓުން ދަތުރު ކުރި މޫހުން އެމްއެންޑީއެފް އިން ސަލާމަތްކުރަނީ. ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

މިއީ މި މަހު 15 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓެއް. މި ހާދިސާގައި ތިން މީހަކު ވަނީ ގެއްލިފައި.

ރޭ ދަންވަރު ހަތް މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓެއްގައި ތިބި މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް އެތަނުން އެކަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފައިވަނީ އޮކްޓޫބަރު 15 ވަނަ ދުވަހުގެ ރޭ ދަންވަރު "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، އެ ލޭންޑިން ކްރާފްޓުން ދަތުރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެތަނުން އެކަކު ކޯސްޓް ގާޑް ޑައިވަރުން ޓީމަށް ނިޔާވެފައި އޮއްވާ ފެނިފައި ކަމަށެވެ. ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 08:04 ހާއިރު ކަމަށާއި މި މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ހާދިސާ ގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ރޭ ދަންވަރު މާލެ އިން އެރިޔަދޫ އަށް ފުރައިގެން ދިޔަ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ކޯސްޓް ގާޑް އިން އެ އުޅަނދުން ދަތުރުކުރި ހަތަރު މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%