Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލަ: މިފްކޯގެ ވަޒީފާއިން މުއާޒު ސަސްޕެންޑުކޮށްފި

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލަ: މިފްކޯގެ ވަޒީފާއިން މުއާޒު ސަސްޕެންޑުކޮށްފި

މުހައްމަދު ޖަމްޝަތު
320 ދުވަސް ކުރިން - 15 އޮކްޓޫބަރު 2025 19:36
ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ---
ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ---
ޚުލާސާ

މި މައްސަލައިގައި މުއާޒު އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު، އަދި ދެ ވިޔަފާރިވެރިންކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) އާއި އަހުމަދު އާރިފް (އާއްޓޭ) ވަނީ ބަންދުކޮށްފަ

އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށްނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ މިފްކޯގެ ވަޒީފާއިން ސަސްޕެންޑްކޮށް ފިއެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުއާޒުގެ މައްސަލަ ތަހުގީގީ އިދާރާތަކުން ބަލަމުންދާއިރު، އޭނާގެ މައްސަލަ އިދާރީގޮތުން އެކުންފުނިންވެސް ތަހުގީގުކުރަމުންދާ ކަމަށާއި އެކަމާއި ގުޅިގެން އޭނާ 30 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި މުއާޒް ސަސްޕެންޑުކުރުމާއި ގުޅިގެން އެކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރުމުގެ ގޮތުން މުއާޒުގެ ދަށުން ހިނގަމުންދިޔަ މަސައްކަތްތައް އެހެން މުވައްޒަފުންނާއި މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް މިފްކޯގެ ބަޔާނުގައި ބުންޏެވެ.

މުއާޒަކީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ ސީނިއާ ސުޕްރިޑެންޓްގެ މަގާމު އަދާކުރި މީހެކެވެ. އެ މަގާމުގައި ހުރި ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ މިމަހުގެ 12 ވަނަ ދުވަހު ޕީޖީއަށްވެސް ފޮނުވާފަ އެވެ.

Advertisement

Advertisement 1

މިފްކޯއިން ބުނީ އެކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި ގުޅުންހުރި ކޮންމެ މައްސަލައެއްވެސް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އަޅަމުންދާނެކަމަށް ބުންޏެވެ.

ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިހުރި މި ސިނގިރޭޓު ކޮންޓެއިނަރުތަށް ވަގަށްނެގި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ މުއާޒް އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލްގެ އިތުރުން އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ.

މިމީހުންގެ ތެރެއިން އަހުމަދު އާރިފް އާއި، ޒިވާރު އިސްމާއިލް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި މުހައްމަދު ވަހީދު 10 ދުވަހަށް، މުއާޒް ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މިފްކޯއެމްޕީއެލްސިނގިރޭޓްކަސްޓަމްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެމްޕީއެލްއާއެކު ސޮއިކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

7 ދުވަސް ކުރިން - 08:34

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

13 ދުވަސް ކުރިން - 09:18

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

16 ދުވަސް ކުރިން - 23:57

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ: އިގްތިސާދަށް ބޮޑު އިންގިލާބެއް

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ

20 ދުވަސް ކުރިން - 08:29

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

27 ދުވަސް ކުރިން - 23:01

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެމް.ޕީ.އެލް އިން މަޝްވަރާކޮށްފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

32 ދުވަސް ކުރިން - 01:05