Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑްކޮށްފި

ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑްކޮށްފި

މުހައްމަދު ޖަމްޝަތު
320 ދުވަސް ކުރިން - 15 އޮކްޓޫބަރު 2025 19:08
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުް. އެކުންފުނީގެ ހުޅުމާލެ ބަނދަރުން 2 ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލައިގައި މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑް ކޮށްފަ---ފޮޓޯ: ޚުލާސާ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުް. އެކުންފުނީގެ ހުޅުމާލެ ބަނދަރުން 2 ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލައިގައި މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑް ކޮށްފަ---ފޮޓޯ: ޚުލާސާ
ޚުލާސާ

މި މައްސަލައިގެ ތަހުގީގު ފުލުހުންވެސް ކުރަމުން އަންނައިރު މިހާތަނަށް 4 މީހަކު ހައްޔަރުކޮށް 12 މީހަކު ފުރުން ވަނީ މަނާކޮށްފަ

ސައުދީ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެކުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު މައްސަލައިގައި އެކުންފުނީގެ ހަ މުވައްޒަފަކު ސަސްޕެންޑް ކޮށްފި އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން އެކުންފުނިން ހިންގި ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 5 މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށާއި އިތުރު މުވައްޒަފަކު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓުން މިހާރުވެސް މި މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމަށް ބުންޏެވެ.

އެމްޕީއެލް އިން ބުނީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަަމަށާއި އެހެންވެ އެކުންފުނީގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ފަށާފައިވާ ކަމަށާއި މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާތައް މިހާރު ފަށާފައިވާކަމަށްވެސް ބުންޏެވެ.

Advertisement

Advertisement 1

އެކުންފުނިން އިން ބުނީ މި މައްސަލައިގައި ޝާމިލުވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށްވެސް ބުންޏެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި 40 ފޫޓޫގެ ދެކޮންޓެއިނަރުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން ފަޅާއެރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެ ދެ ކޮންޓެއިނަރު އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަނީ ގެއްލިފަ އެވެ.

އެމްޕީއެލްސިނގިރޭޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެމްޕީއެލްއާއެކު ސޮއިކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

7 ދުވަސް ކުރިން - 08:34

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

16 ދުވަސް ކުރިން - 23:57

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ: އިގްތިސާދަށް ބޮޑު އިންގިލާބެއް

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ

20 ދުވަސް ކުރިން - 08:29

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެމް.ޕީ.އެލް އިން މަޝްވަރާކޮށްފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

32 ދުވަސް ކުރިން - 01:05

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

32 ދުވަސް ކުރިން - 11:07

ވޭތުވެދިޔަ ހަފުތާގައި 42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފި

42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ އެމްޕީއެލުން ކްލިއަރކޮށްފި

36 ދުވަސް ކުރިން - 18:06