ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައި އެތައްބަޔަކު ޝަހީދުކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 1 ދުވަސް ކުރިން - 15 އޮކްޓޯބަރު 2025 18:27
ކުއްލި ޚަބަރު: ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައި އެތައްބަޔަކު ޝަހީދުކޮށްލައިފި
ކުއްލި ޚަބަރު: ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައި އެތައްބަޔަކު ޝަހީދުކޮށްލައިފި
ޚުލާސާ

ޕާކިސްތާނުން އަފްޣާނިސްތާނަށް ވައިގެމަގުން ދިން ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 14 އަށް އަރާފައިވާއިރު 100 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުން.

ޕާކިސްތާނުން އަފްޣާނިސްތާނުގެ ކަންދަހާރަށް ބޮން އަޅައި އެތައްބަޔަކު ޝަހީދުކޮށްލައިފިއެވެ.

މަޢުލޫމާތު ލިބެމުންދާ ގޮތުގައި 14 އަށް ވުރެ ގިނަ ޢާންމުން ޝަހީދުވެފައިވާއިރު 100 އަށްވުރެ ގިނަ މީހުންނަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބި ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ.

ޕާކިސްތާނުގެ އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި އެމީހުންގެ ސިފައިން ޙަމަލާ ދިނީ އަފްޣާނިސްތާނުގެ ސިފައިންނަށް އަމާޒުކޮށެވެ. ސަބަބަކީ ޕާކިސްތާނުގެ ބޯޑަރު ޕޯސްޓްތަކަށް ޠާލިބާނުން ޙަމަލާދީ ގެއްލުންތައް ދީފައިވާތީއެވެ.

ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ ޕާކިސްތާނުން ޙަމަލާ ދިނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ކަމަށާއި އެތައް ސަތޭކަ ބަޔަކު ގެދޮރު ދޫކޮށް ފިލަން ގޮސްފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%