Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްޓީއޯއިން މޭވާއާއި ތަރުކާރީ ބާޒާރަށް ނެރުނަސް، ކުދި ވިޔަފާރިތަކަށް އަސަރެއް ނުކުރާނެ: ސައީދު

އެސްޓީއޯއިން މޭވާއާއި ތަރުކާރީ ބާޒާރަށް ނެރުނަސް، ކުދި ވިޔަފާރިތަކަށް އަސަރެއް ނުކުރާނެ: ސައީދު

އައިޝަތު ޝިފްނާ ހުސައިން
329 ދުވަސް ކުރިން - 15 އޮކްޓޫބަރު 2025 17:34
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ސައީދު.—-ފޮޓޯ: އެސްޓީއޯ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ސައީދު.—-ފޮޓޯ: އެސްޓީއޯ
ޚުލާސާ

މޭވާއާއި ތަރުކާރީއާއި ބިސް އަގުހެޔޮ ކުރަން އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެ ކުރަން ނިންމައިފައިވާކަން އިއުލާންކުރީ މިދިޔަ މަހުގެ 10ގަ

އެސްޓީއޯއިން މޭވާއާއި ތަރުކާރީ ހިމެނޭހެން 23 ބާވަތެއް އެތެރެކުރި ނަމަވެސް ކުދި ވިޔަފާރިތަކަށް އަސަރެއް ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯއިން އަސާސީ ކާބޯތަކެތި ބާޒާރަށް ނެރުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސައީދު ވިދާޅުވީ، ކުދި ވިޔަފާރިތަކުން ގިނަފަހަރަށް ތަކެތި ގަންނަނީ ހޯލްސޭލުކޮށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އަސާސީ ބާވަތްތައް ދެނެގަނެގެން އެސްޓީއޯއިން ތަކެތި އެތެރެކުރުން މާ ރަނގަޅު ކަމަށެވެ. މިގޮތުން، އިމްޕޯޓަރުންނާއި ހޯލްސޭލަރުންނަށް އެސްޓީއޯއާ ގުޅިގެން އަސާސީ ކާބޯތަކެތި އެތެރެކުރެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މޭވާއާއި ތަރުކާރީއާއި ބިސް އަގުހެޔޮ ކުރަން އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެ ކުރަން ނިންމައިފައިވާކަން އިއުލާންކުރީ މިދިޔަ މަހުގެ 10ގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ކެބިނެޓުން ނިންމީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް އެ މަނިކުފާން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ކާބޯތަކެތި ހިމެނޭހެން ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ ގިނަ ބާވަތްތަކެއްގެ އަގުތައް ދަނީ މަތިވަމުން ކަމަށް, މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުން ދައްކާއިރު، މީގެ ކުރިން ރައީސް ވަނީ، ތަކެތީގެ އަގުބޮޑުކުރީ ސިޔާސީ ބޭނުމުގައި، ގަސްތުގައި ރާވައިގެން ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް މޭވާއާއި ތަރުކާރީ ގެންނަން ނިންމެވީ އެ ފުރުސަތު ނުދޭން ކަމަށެވެ.

އެސްޓީއޯއިން ވިއްކާ ތަރުކާރީގެ ތެރޭގައި، ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ހިމެނެ އެވެ. އަދި، އެސްޓީއޯއިން އެތެރެކޮށް ވިއްކާ މޭވާގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެ އެވެ.

މިނިސްޓަރު މުހައްމަދު ސައީދުއެސްޓީއޯރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

3 ގަޑިއިރު ކުރިން - 15:57

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

3 ގަޑިއިރު ކުރިން - 15:47

އައު ގާނޫނުގެ ދަށުން 20 އަހަރުވީ އުޅަނދުތައް ނަގާނީ އެކަށީގެންވާ ބަދަލެއް ދިނުމަށްފަހު: މިނިސްޓަރު ސައީދު

މުސްކުޅި ވެހިކަލްތައް ނައްތާލާނީ ބަދަލު ދީފަ: މިނިސްޓަރު ސައީދު

3 ގަޑިއިރު ކުރިން - 15:38

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމައިފި

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހަދަނީ

7 ގަޑިއިރު ކުރިން - 11:45

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20