ކޮމަންޑޫ އައިސްޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކަށް

އައިޝަތު ޝިފްނާ ހުސައިން | 3 ދުވަސް ކުރިން - 15 އޮކްޓޯބަރު 2025 15:45
އެެއްބަސްވުމުގައި ސޮއި ކުރެއްވުން.——ފޮޓޯ: ރައީސް އޮފީސް
އެެއްބަސްވުމުގައި ސޮއި ކުރެއްވުން.——ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މަސައްކަތުގެ ދަށުން ކޮމަންޑޫގައި ގާއިމްކުރާ އައިސްޕްލާންޓަކީ 30 ޓަނުގެ ޕްލާންޓެއް

ށ. ކޮމަންޑޫގައި ގާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެއްބަސްވުމުގައި ރޭ ސޮއިކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ރަސްމިއްޔާތުގައި، މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމެވެ. އެތިއޮން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ ކިޔާޝަތު އަބްދުﷲ އެވެ.

މި މަސައްކަތުގެ ދަށުން ކޮމަންޑޫގައި ގާއިމްކުރާ އައިސްޕްލާންޓަކީ 30 ޓަނުގެ ޕްލާންޓެކެވެ. މީގެ އިތުރުން 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއްވެސް މި މަޝްރޫއުގެ ދަށުން ގާއިމްކުރެވޭނެ އެވެ.

”މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރަމުންދާ އައިސްޕްލާންޓްތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމިގެންދާނެ،“ ވަޒީރު ޝިޔާމް ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%