Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ފީވަކުން ދޫކޮށްފައިވާ ގޯތިތައް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް އެމްޓީސީސީ އަށް ދަންނަވައިފިން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
376 ދުވަސް ކުރިން - 14 އޮކްޓޫބަރު 2025 14:49
ރައީސުލްޖުމްހޫރިއްޔާ، ށ. ފީވަކު ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން. - ފޮޓޯ: ރައީސް އޮފީސް

ޚުލާސާ

ބިންތައް ޗަކަކޮށް އޮތުމުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް ގޯތިތައް ބޭނުންނުކުރެވޭ. ރައީސް ވިދާޅުވީ ފަސް އަޅައި ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް އެމްޓީސީސީ އަށް ދަންނަވައިފި ކަމަށް.

ށ. ފީވަކު ކައުންސިލުން ދޫކޮށްފައިވާ ގޯތިތައް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް އެމްޓީސީސީ އަށް ދަންނަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅު ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދޫކޮށްފައިވާ 136 ގޯތި ބޭނުންކުރެއްވުމަށް ރައްޔިތުންނަށް އެހާ ފަސޭހަ ނޫން ކަމަށާއި ޗަކަވެފައިވާ އެ ބިން މެޝިނަރީސް ބޭނުންކޮށްގެން އެ ސަރަހައްދަށް ފަސް އަޅައި ހިއްކައިދީ، ބޭނުންކުރެވޭ ގޮތަށް ހެދުމަށް އެމްޓީސީސީ އަށް ދަންނަވާފައިވާ ކަމަށެވެ.

އެ ރަށުން ގޯތިތައް އެ ރަށު ރައްޔިތުންނަށް ކައުސިލުން ދޫކުރުމަށް އެދި ކުރިމަތިލުމަށް އިއުލާން ކޮށްފައިވަނީ 2023 ވަނަ އަހަރުގަ އެވެ. އަދި ގޯތި ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފައިވަނީ ނިމިދިޔަ އަހަރު ޖެނުއަރީ މަހުގަ އެވެ.

Advertisement

Advertisement 1

ށ. އަތޮޅަށް މިހާރު ފަށާފައިވާ ދަތުރުފުޅުގައި ފީވަކަށް ވަޑައިގެން ރައީސް ވަނީ އެ ރަށަށް ބޭނުންވެފައިވާ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދުވެ ވަޑައިގެންފަ އެވެ. އެގޮތުން އެ ރަށު ސްކޫލް ތަރައްގީ ކުރުމާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އެ ރަށުގެ ސިއްހީ ނިޒާމަށް އަލިއަޅުވާލައްވާ އެމަނިކުފާނު ވިދާޅުވީ އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒު ހަދަމުންދާ ފަރާތާއި ވާހަކަދައްކާ، ހުއްޓިފައި އޮތް މަސައްކަތް އަލުން ފެއްޓެވުމުގެ މަސައްކަތް ކުރާނެ ކަމަށާއި ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ބާރު ސްޕީޑުގައި މަސައްކަތް ނުދާ ނަމަ ކޮންޓްރެކްޓް ޓާމިނޭޓްކޮށް، އެހެން ބަޔަކާ މަސައްކަތް ހަވާލު ކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން މިބަލަނީ ކޮންމެ މަޝްރޫއުއެއް ވެސް ހަވާލުކެރެވިފައި އޮތިއްޔާ އެ އޮންނަ އުސޫލެއްގެ ތެރެއިން ކުރިޔަށް ގެންދިޔުން ކަމަށެވެ. އަދި މަސައްކަތް ދިގު ލައިގެން ދާ ކަމަށް ވަނީނަމަ ދައުލަތަށް ގެއްލުން ނުވާގޮތަށް މަސައްކަތް ޓާމިނޭޓްކޮށް އެހެން ބަޔަކާ އެކީ ނަމަވެސް ކުރިޔަށް ގެންދެވޭތޯ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުށ. ފީވައްށ. އަތޮޅު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެސްއެމްއީތަކަށް ބޮޑެތި ލުއިތަކެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

4 ގަޑިއިރު ކުރިން - 13:32

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

2 ދުވަސް ކުރިން - 15:31

ރާއްޖޭގެ އިގްތިސާދީ ބަދަލުވުމުގެ ބައިވެރިންނަށް ވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދައުވަތު

2 ދުވަސް ކުރިން - 20:51

ރާއްޖެ-ޕާކިސްތާނު: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަނީ

3 ދުވަސް ކުރިން - 11:50

ޕާކިސްތާނުގެ ބޮޑުވަޒީރު ބޭއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަންބަލުން ބައިވެރިވެވަޑައިގެންފި

3 ދުވަސް ކުރިން - 10:30

އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވައިފި

3 ދުވަސް ކުރިން - 22:54