Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މިހާތަނަށް އޮޑިޓް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓު މަޖިލީހުން ފާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
377 ދުވަސް ކުރިން - 14 އޮކްޓޫބަރު 2025 13:35
އޮޑިޓް އޮފީހުގެ ނަން ބޯޑު. އޮފީހަށް މިހާ ބޮޑު ބަޖެޓެއް ބެނުންވަނީ މުސާރައިގެ އޮނިގަނޑަށް 2008 ވަނަ އަހަރުން ފެށިގެން ބަދަލެއް އައިސްފައި ނުވާތީ - ފޮޓޯ: ޚުލާސާ
އޮޑިޓް އޮފީހުގެ ނަން ބޯޑު. އޮފީހަށް މިހާ ބޮޑު ބަޖެޓެއް ބެނުންވަނީ މުސާރައިގެ އޮނިގަނޑަށް 2008 ވަނަ އަހަރުން ފެށިގެން ބަދަލެއް އައިސްފައި ނުވާތީ - ފޮޓޯ: ޚުލާސާ
ޚުލާސާ

މި ބަޖެޓު ފާސްކޮށްދީފައި ވަނީ އޮޑިޓް އޮފީހުން އެދުނު ގޮތަށް 134.2 މިލިއަން ރުފިޔާ އާއެކު. މިގޮތަށް ފާސްކުރީ މަޖިލީހުގައި ބައިވެރިވި 51 މެމްބަރުންގެ އިއްތިފާގާއެކީ.

މިހާތަނަށް އޮޑިޓަރ ޖެނެރަލް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މަޖިލީހުން އޮޑިޓް އޮފީހަށް 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގެ އަދަދަކީ 134.2 މިލިއަން ރުފިޔާ އެވެ.

މި ބަޖެޓް ފާސްކޮށްފައިވަނީ މަޖިލީހުގައި އޮޑިޓް އޮފީހުން އެދުނު ގޮތަށެވެ. މި ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ ފުރިހަމަ އިއްތިފާގުންނެވެ. އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅަން ޖެހޭ ބަޖެޓެކެވެ.

އަންނަ އަހަަރަށް ފާސްކުރި މި ބަޖެޓަކީ އެ އޮފީހަށް މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ 20 މިލިއަން ރުފިޔާގެ އިތުރު ބަޖެޓެކެވެ. މާލިއްޔަތު ކޮމިޓީގައި އޮޑިޓު އޮފީހުގެ ފަރާތުން ބުނެފައިވަނީ މިފަދަ ބޮޑު ބަޖެޓެއް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބަކީ އެ އޮފީހުގެ ޑިޕާޓްމަންޓުތަކަކަށް ސީނިއާ އޮޑިޓަރުން ބޭނުންވާތީ ކަމަށެވެ. އަދި އޭގެ އިތުރުން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެވިފައިވާތީ ކަމަށެވެ.

Advertisement

Advertisement 1

އެ އޮފީހުން ފާހަގަކުރި ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެވިފައެއް ނުވެ އެވެ. އޭގެ ނަތީޖާ އަކީ 2020 ވަނަ އަހަރުން ފެށިގެން އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިވާ މިންވަރު އިތުރުވެފައިވާ ކަމަށާއި ތައުލީމާއި ތަޖުރިބާ ހުރި ގިނަ މުވައްޒަފުންތަކެއް އެ އޮފީސް ދޫކޮށް އެހެން އޮފީސްތަކަށް ދިޔުމެވެ. އެހެން ކަމުން މުސާރައިގެ އޮނިގަނޑު މުރާޖާކޮށް 4.2 މިލިއަން ރުފިޔާ ވަނީ އެ އޮފީހުގެ ބަޖެޓަށް އިތުރުކޮށްދީފައެވެ. އަދި އޭގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮޑިޓް ފަންޑުގެ މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކޮށްފައިވާތީ އާއި 2026 ވަނަ އަހަރު އެ އޮފީހަށް އިތުރު ފަސް މުވައްޒަފުން ނަގާތީ، މި ދެންނެވުނު ދެ ކަމަށް އިތުރު ކޮށްފައިވާ 9.8 މިލިއަން ރުފިޔާއާއެކު އެ އޮފީހުގެ މުސާރައާއި އިނާޔަތްތަކަށް ވަނީ މުޅި ޖުމްލަ 60 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ.

2026 ވަނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހަޅާފައިވާ ބަޖެޓުގައި އެންމެ ބޮޑު އިންސައްތައެއް ހަރަދުވަނީ ވެސް މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށެވެ. މުސާރައާއި އިނާޔަތްތަކަށް ބަޖެޓުގެ 45 އިންސައްތަ ހަރަދުވާ އިރު ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހަރަދުވަނީ ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެ އޮފީހުގެ އިމާރާތަށެވެ. އެއީ ބަޖެޓުގެ 31 އިންސައްތަ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީސްރައްޔިތުންގެ މަޖިލިސްބަޖެޓްބަޖެޓް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޓެކްސް ގާނޫނަށް އިތުރު އިސްލާހުތަކެއް ގެންނަން ބިލެއް ހުށައަޅައިފި

ޓެކްސް ގާނޫނަށް އިތުރު އިސްލާހުތަކެއް ގެންނަން ބިލެއް ހުށައަޅައިފި

2 ގަޑިއިރު ކުރިން - 16:46

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެކަށީގެންވާ ހުއްޖަތެއް ނުދެއްކޭ: މެންބަރު އިބްރާހީމް ހުސައިން

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެކަށީގެންވާ ހުއްޖަތެއް ނުދެއްކޭ: މެންބަރު އިބްރާހީމް ހުސައިން

5 ގަޑިއިރު ކުރިން - 13:19

މިއަހަރު ނިމޭއިރު 442 އޮޑިޓޫގެ މަސައްކަތް ނިމޭނެ

8 ދުވަސް ކުރިން - 14:04

އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮޑިޓުން ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެ

އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮޑިޓުން ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެ

20 ދުވަސް ކުރިން - 13:24

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

20 ދުވަސް ކުރިން - 13:22

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

22 ދުވަސް ކުރިން - 10:37